އަލްޙާފިޡު އަޙްމަދު އަޙްސަން
ލ. ގަމު ފިނިރޯޅި

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޢަޒުމް އެންމެ ފުރަތަމަ ކަނޑައެޅުއްވީ، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި އުޅުއްވިއިރުގައެވެ. ޢަރަބިއްޔާއަކީ، ތަފްސީރާއި ޤުރްއާނުގެ އެކިއެކި ޢިލްމުތައް ކިޔަވައިދޭ މަދްރަސާއަކަށްވުން އެއީ، ޤުރްއާން ހިތުދަސްކުރުމަށް ލޯބި އުފެދެން ދިމާވި ވަރަށް ބޮޑު ސަބަބެކެވެ. 500 ޙާފިޡުންގެ ޕުރޮގުރާމުގައި ބައިވެރިވެވަޑައިގަތުމަށްފަހު، މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން، ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން ދެން މަސައްކަތް ކުރިއަށް ގެންދެވީ، މަސްޖިދުއްނަބަވީގެ ޙުލްޤާއަކާ ގުޅިގެންނެވެ.