އަލްޙާފިޡު ނާދިޙު ޢަބްދުލްޙަމީދު
ނ. މާފަރު ނާދީ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ގަވާއިދުން ކުރިއަށް ގެންދެވީ 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި 2013 ވަނަ އަހަރު ބައިވެރިވެވަޑައިގެންނެވި ހިސާބުންނެވެ. މިގޮތުން، އެވްރެޖްކޮށް ދުވާލަކު ޞަފްޙާއެއް ނުވަތަ ދެ ޞަފްޙާ ހިތުން ކިޔައިދެއްވަމުން ގެންދެވީ، މަރްކަޒުގައި ކިޔަވައިދެއްވާ ޤާރީންގެ ވަރަށްބޮޑު އެހީތެރިކަމާއެކުގައެވެ. ހަމައެއާއެކު، ނާދިޙު އޭރު ތަޢުލީމު ހާސިލުކުރެއްވި، ކަލާފާނު ސްކޫލްގެ އެހީތެރިކަން ވަރަށްބޮޑަށް ލިބިވަޑައިގެންފައިވެއެވެ. ނާދިޙް މިހާރު ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވަނީ، ޣިޔާޘުއްދީން ގައެވެ.