އަލްފާޟިލް ޢީސާ ޝަރީފް
ހ.ހަނދުވަރުދޭގެ

ކުރެހުމުގެ މަސްކަތް ފެށްޓެވީ 1975 ގައެވެ. މިކަން ފުރަތަމަ ފެށްޓެވީ، ހޮބީއެއްގެ ގޮތުގައެވެ. ފުރަތަމަ ކުރައްސަވަން ފެށްޓެވީ، ޕިކްޗަރ ޕޯސްޓުން ބައްލަވައިގެން، ފިލްމުސްޓާރުންގެ ފޮޓޯއެވެ. ޕޯޓްރެއިޓް ކުރެއްސެވުމުގައި، ޚާއްޞަ ޝައުޤެއް ބަހައްޓަވައެވެ. ޕޯޓްރެއިޓަށް ޝައުޤުވެރިވެލެއްވީ، މަންޒަރުތަކާ ޚިލާފަށް، މީހެއްގެ ސިފަ ހުންނަންޖެހޭނީ ހަމަ އެމީހަކަށް އެއްގޮތަށް ކަމަށްވާތީއެވެ. ތަފާތު ރީތި މަންޒަރު ކުރައްސަވައެވެ. ކުރެހުންތެރިކަމުގެ ރޮނގުން މަސައްކަތްކުރެއްވުމުގައި މިހާތަނަށް 14 ވަރަކަށް ސަނަދު ލިބިލައްވާފައިވެއެވެ. ވަރަށް ގިނަ ޢިއްޒަތްތެރި ބޭފުޅުންގެ ފޮޓޯފުޅު ކުރައްސަވާފައިވެއެވެ. ސަރުކާރުން ޙަވާލުކުރައްވާ މަސައްކަތަށް އެއްވެސް އަގެއް ނުކިޔުއްވައެވެ. އަދި މިމަސައްކަތް ދެކުއްޖަކަށް ދަސްކޮށްދެއްވާފައިވެއެވެ.