އަލްފާޟިލް ޢަބްދުﷲ ރަޝީދު
ލިލީގެ/ ތ.ކިނބިދޫ

6  ޞަފަރު 1368 ގައި ކިޔަވައިދޭން ފެށުނު ކިނބިދޫ މަދަރުސާގައި، އަލްފާޟިލް ޢަބްދުﷲ ރަޝީދު މަސައްކަތްކުރައްވާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. މީނާއަކީ، އެމަދަރުސާގެ ނާޟިރުވެސްމެއެވެ. އެމަޤާމުގައި ހުންނަވާތާވެސް 40 އަހަރު ވެދާނެއެވެ. މި މަދަރުސާ ހިންގެވުމާއި ކުރިޔަށް ގެންދެވުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރައްޔިތުންގެ ވިޔަފާރި ހިންގުމާއި، ރައްޔިތުންގެ ރުއްގަހާއި، ގޮއިފާލައްބަ ދިރުވައިގެން ލިބޭ އާމްދަނީ އިތުރުކުރުންވެސް ހިމެނެއެވެ. މަދަރުސާ ހުޅުވުނުތާ ކުރީކޮޅު މީނާގެ މަސައްކަތުން މާލެއިން މުދައްރިސުން ގެންދަވައިގެން، ދެއަހަރެއްހާ ދުވަހު މަސައްކަތްކުރެއްވިއެވެ.