އަލްފާޟިލް މުޙައްމަދު މަނިކު
ގ.ކަނޑުވައިގެ

މަސްވެރިކަމުގެ ދާއިރާގައި ވަރަށް ގިނަ ދުވަހު މުޙައްމަދުމަނިކު އުޅުއްވާފައިވެއެވެ. ކަނޑުމަތީގައި، ފަނަރަވަރަކަށް އަހަރު ހޭދަކުރެއްވިއެވެ. ދިވެހި ސަރުކާރުން ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ފެލިވަރުގެ މަސައްކަތް ފެށްޓެވީއްސުރެ އެދާއިރާގައި މަސައްކަތްކުރެއްވިއެވެ. މުޙައްމަދުމަނިކުގެ ތަޖުރިބާ އެފް.ޕީ.އައި.ޑީ.އަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިދިނެވެ. އެތާނގެ ބޯޓުފަހަރުގެ ފްލީޓް ސުޕަރވައިޒަރަކަށްވެސް ހުންނެވިއެވެ. މިހާރުވެސް އޭނާއަކީ، އެތާނގެ ޗީފް ސްކިޕަރެވެ.

މި ރޮނގުން މީނާގެ ޚިދުމަތް، އަހަރަކު އެއްފަހަރު ނެރޭ މަޖައްލާ "ރަސްއައިނު" ގައި، މީނާއަށް ލިބެމުންދާ މަޢުލޫމާތުތައް ރާއްޖޭގެ މަސްވެރިންނަށް ފޯރުކޮށްދެއްވުމަށް ލިޔުއްވަމުން ގެންދެވުން ފާހަގަކުރެވިފައިވެއެވެ.