އަލްފާޟިލް މުޙައްމަދު އިސްމާޢީލްފުޅު
މއ.މާފުނަ

ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާތާ 24 އަހަރުވެފައިވާ މުޙައްމަދު އިސްމާޢީލްފުޅު ޚިދުމަތް ފަށްޓަވާފައިވަނީ، ޑޮމިސިލިއަރީ ވާރކަރެއްގެ ވަޒީފާއިންނެވެ. ކޮމިއުނިޓީ ހެލްތު ވާރކަރުން ތަމްރީނުކުރެއްވި ފުރަތަމަ ބުރުން ފާސްވުމަށްފަހު ދެން މަސައްކަތްކުރައްވާފައިވަނީ، ރާއްޖެތެރޭގައި ޞިއްޙީ މަރުކަޒުތަކުގައެވެ. ޅ.އަތޮޅު ހެލްތު ސެންޓަރުގައި ހެލްތު ވާރކަރަކަށް ހުންނެވިއިރު ހިންގެވި ފަސްޓްއެއިޑް ކޯސްތަކާއި، ފޫޅުމާ ޓްރޭނިންގ ކޯހަކީ، އޭގެ ސަބަބުން އަތޮޅުގެ ރައްޔިތުންނަށް އަދިވެސް އޭގެ ފައިދާ ލިބެމުންދާ ކަމެކެވެ. އެދުވަސްވަރު މިމަސައްކަތް ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި، ޞިއްޙީ މަރުކަޒުގައި މަސައްކަތުމީހަކު ނެތުމުން ވީ ދަތިތައް ޙައްލުކުރެއްވުމަށް ލޮލީ ހައްދަވައި، ކާއްޓަކަށް ލޮލީއެއް ވިއްކަވައި، އެ ލިބޭ ކާށި ވިއްކައިގެން ލިބޭ ފައިސާއިން މަސައްކަތު މީހެއްގެ މުސާރަ ދެއްވައި، އެތާނގެ އެހެނިހެން ޚަރަދުތައްވެސް ހަމަޖެއްސެވިއެވެ.