އަލްފާޟިލް މުޙަންމަދު މޫސާ
ކެލާގެ/ ޏ.ފުވައްމުލައް

މުޙައްމަދު މޫސާގެ ޢުމުރުން 22 އަހަރުން ފެށިގެން، ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދެއްވުމުގެ މަސައްކަތް 58 އަހަރު ކުރައްވާފައިވެއެވެ. މީނާގެ ޢުމުރުން ދުވަސްވުމުގެ ސަބަބުން، މީގެ ދެއަހަރު ކުރިން ވަނީ، މިމަސައްކަތް ހުއްޓަވައިލައްވާފައެވެ. ކިޔަވައި ދެއްވިއިރު 50 އާ 60 އާ ދެމެދުގެ ކުދިންނަށް އަބަދުވެސް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ކިޔަވައިދެއްވާ ކުދިންގެ އަތުން ފީއެއް ނެންގެވުމެއް ނޯވެއެވެ. މިހާރު ޢުމުރަކީ 82 އަހަރެވެ.