އަލްފާޟިލް ޢަބްދުއްރަޙްމާން އަބޫބަކުރު
ކަރަންކާމާގެ / ބ.ތުޅާދޫ

 ޢަބްދުއްރަޙްމާން އަބޫބަކުރު ލިޔެލާޖެހުމާއި ލާފެންކުރުމުގެ މަސައްކަތް އުމުރުން 20 އަހަރުގައި ދަސްކުރައްވައިގެން ކުރައްވަމުން ގެންދަވާތާ 34 އަހަރު ވެދާނެއެވެ. މީނާ މި މަސައްކަތް ދަސްކުރެއްވި ފަހުން ބޭއްވެވި އަތްތެރި މަސައްކަތުގެ ހުރިހާ މަޢުރަޟެއްގައިވެސް ތަކެތި ބައިވެރިކުރައްވައި، ކޮންމެ ފަހަރަކުވެސް 1 ވަނަ 2 ވަނަ ނުވަތަ 3 ވަނައަށް ގޮސްގެން ސަނަދާއި ސެޓްފިކެޓް ލިބިލައްވާފައިވެއެވެ. މިގޮތުން، ލިޔެލާޖެހިތަކެތި ސަރުކާރަށް ބޭނުންފުޅުވެގެން އެތަކެތި ހެއްދުމަށްޓަކައި ގިނަ އަހަރުތަކެއްގައި ސަރުކާރުން މީނާ މާލެ ގެންދަވާފައިވެއެވެ.

1992 ވަނަ އަހަރު އޮތް ސާކް ފެސްޓިވަލްގައި މިމަސައްކަތް ދެއްކުމަށްޓަކައި ސަރުކާރުން މީނާ އިންޑިޔާއަށް ފޮނުއްވާފައިވެއެވެ. މީގެ އިތުރަށް، ޢަބްދުއްރަޙްމާނުގެ ޢާއިލާގެ މީހުންނަށާއި، އިތުރު އެހެން މީސްމީހުންނަށް މިމަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ. މި މަސައްކަތަކީ މިހާރުވެސް ދިރިއުޅުމަށްޓަކައި ކުރައްވާ މައިގަނޑު މަސައްކަތް ކަމުގައި މީނާ ބުނުއްވައެވެ.