އަލްފާޟިލް ތާޅަފިލި ޢަލިމަނިކު
ހ. ތާޅަފިލިގެ

ޢަލިމަނިކަކީ 1979ން ފެށިގެން ކުރެހުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. މިގޮތުން، ޕޯޓްރޭޓް، ފަންސުރު ކުރެހުން، ތެޔޮކުލައިން ކުރެހުމުގެ މަސައްކަތް މީނާ ކުރައްވައެވެ. ޢަލިމަނިކު ކުރައްސަވާ އެއްޗެތި، ރާއްޖޭގެ އަތްތެރި މަސައްކަތުގެ މަޢުރަޟުތަކުގައި ބައިވެރިކުރައްވައިގެން އެތައްފަހަރަކު 1 ވަނަ، 2 ވަނަ، 3 ވަނަ ހޯއްދަވާފައިވެއެވެ.

މިކަމަށް ޢަލިމަނިކު ޝައުޤުވެރިވެލެއްވީ، ބައިސްކޯފު ގެތަކުގައި ދައްކާ ފިލްމު ބައްލަވައި، އޭގެ އިޝްތިހާރު ކުރެއްސެވުމާ ގުޅިގެން ކަމަށާއި، މިހާރުވެސް ދިވެހި ފިލްމުގެ އިޝްތިހާރު ކުރައްސަވާ ކަމުގައި ޢަލިމަނިކު ބުނުއްވައެވެ.