އަލްފާޟިލް އާދަމް އިބްރާހީމް
ގ. ސެންޓުގެ

އާދަމް އިބްރާހީމަކީ ޢުމުރުން 19 އަހަރުން ފެށިގެން އިންޖިނިއަރިންގ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. މިގޮތުން، ދަގަނޑުން ބޯޓު ބެންނެވުމާއި، ސްލިޕްވޭއެއް ހެއްދެވުމުގެ މަސައްކަތް މީނާ ކުރައްވަމުން ގެންދަވައެވެ. މިހާތަނަށް އެއްބޯޓު ބަނދެ ނިމި، ދެވަނަ ބޯޓެއްގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. މިބޯޓަކީ މީނާގެ އަމިއްލަ ބޯޓެއް ކަމަށް އެނގިފައިވެއެވެ.

ފުރަތަމަ މި މަސައްކަތް އާދަމް އިބްރާހީމް ކުރެއްވީ އެކި މީސްމީހުންނާ ގުޅިގެން އެކި ތަންތަނުގެ ނަމުގައެވެ. ނަމަވެސް މިހާރު އަމިއްލަ ފަރާތަކާ ގުޅިގެން މި މަސައްކަތް ކުރައްވާތާ 1 އަހަރާ 7 މަސް ވެދާނެ ކަމަށާއި، މިމަސައްކަތް ކުރައްވަނީ ކ.ހިންމަފުށީގައި ކަމަށްވެއެވެ. މި މަސައްކަތުން އެވްރެޖް ގޮތެއްގައި މަހަކު -/8000 ރުފިޔާ ހޯއްދަވާ ކަމުގައިވެއެވެ.