އަލްފާޟިލް ޢަބްދުއްލަޠީފް އިބްރާހީމް
ޅ. ނައިފަރު ހަނދު

ޢަބްދުއްލަޠީފަކީ 1979 ވަނަ އަހަރުން ފެށިގެން އަތްތެރި މަސައްކަތުގެ މަޢުރަޟުތަކުގައި ފާދިއްޕޮޅުން އެންމެގިނަ ތަކެތި ބައިވެރިކުރައްވާ ފަރާތެއް ކަމުގައި ފާހަގަކުރެވިފައިވާ ބޭކަލެކެވެ. ނަތީޖާއެއްގެ ގޮތުން އެކިއަހަރުތަކުގައި އެންދެރީގެ މަސައްކަތުން 3 ވަނަ، ކަނޑުގައި އުފެދޭ ތަކެތިންނާއި، މުޅި މަޢުރަޟުން 3 ވަނަ، މުޅި މަޢުރަޟުން ކަނޑުގައި އުފެދޭ ތަކެތިން ރާއްޖެތެރެއިން 1ވަނަ، ގަލާއި މަސްދަތުގެ މަސައްކަތުން 2 ވަނަ އަދި ރިނދަލީގެ މަސައްކަތުން 1ވަނަ މީނާއަށް ލިބިލައްވާފައިވެއެވެ. މީގެއިތުރުން، މަދްރަސަތުލް އިފްތިތާޙުގެ 87 ކުއްޖަކަށް މުތްތޮށްޓާއި، އެންދެރި، މަހުކަށި، ރިނދަލި، ކަހަނބުފަތްފަދަ ތަކެތިން އަމިއްލައަށް ޑިޒައިންކޮށްގެން މަސައްކަތް ކުރެވޭވަރަށް ގަހަނާއާއި، އެކިބާވަތުގެ ތަކެތި ހަދަން ދަސްކޮށްދެއްވާފައިވެއެވެ.

ޢަބްދުއްލަޠީފް އިބްރާހީމް މި މަސައްކަތް ދަސްކޮށްދެއްވީ ހިލޭސާބަހަށް ކަމުގައިވެއެވެ.