އަލްފާޟިލް ޢަބްދުލްމަޖީދު ޙުސައިން
ވައިލެޓްވިލާ / ޏ.ފުވައްމުލައް

ޢަބްދުލްމަޖީދު ޙުސައިން ފުރަތަމަ މަސްވެރިކަން ކުރައްވަން ފެށްޓެވީ 1954 ވަނަ އަހަރު ބޮއްކުރައެއް ބަންނަވައިގެން އޭގައެވެ. އޭގެފަހުން އެހެން މީހަކާ ބައިވެރިވެލައްވައިގެން މަސްދޯންޏެއް ބަންނަވައި، މަސްވެރިކަން ކުރައްވަމުން ގެންދަވަނިކޮށް ރަށުން ފުރައިގެން އައްޑުއަތޮޅަށް ކުރި ދަތުރެއްގައި ބެހިގެން އެދޯނި  ގެއްލުމާ ގުޅިގެން އަމިއްލައަށް ދޯނިފަހަރު ބަންނަވައިގެން ދުއްވަން ފެށްޓެވީ ކަމުގައި މީނާ ބުނުއްވައެވެ. މިގޮތުން މިހާތަނަށް 4 ބޮއްކުރާ، 3 ވަދުދޯނި، 2 މަސްދޯނި، އިންޖީނުއެޅި 3 މަސްދޯނި ދުއްވާފައިވާ ކަމަށާއި، މިހާރުވެސް މަސްވެރިކަންކުރާ އިންޖީނުލީ 3 މަސްދޯންޏާއި، 1 ވަދުދޯންޏާއި، 2 ބޮއްކުރާ މީނާގެ އަތުގައި ހުރި ކަމަށްވެއެވެ.

މަސްވެރިކަމުން ޢަބްދުލްމަޖީދަށް ލިބިލައްވާ އާމްދަނީއިން ރަށުގައި ކުރެވޭ އިޖުތިމާޢީ ކަންތައްތަކަށާއި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ހޭދަކުރައްވައި، ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވެލައްވާ ކަމުގައިވެއެވެ.