އަލްފާޟިލް މުޙަންމަދު އަބޫބަކުރު
ނ. ވެލިދޫ/ހިލިހިލާގެ

މުޙަންމަދު އަބޫބަކުރަކީ އަމިއްލައަށް އިސްނަންގަވައިގެން އެކި އުމުރުގެ ކުދިންނަށް ކިޔަވައި ދެއްވަމުން ގެންދަވާ މިރޮނގުން ފާހަގަކޮށްލެވޭ ބޭކަލެކެވެ. ދިގު މުއްދަތަކަށް މީނާ މި މަސައްކަތް ކުރައްވާފައިވަނީ ވެލިދޫ ރައްޔިތުންގެ މަދަރުސާގައެވެ. އެ މަދަރުސާ އުވި ދިޔުމުން، އޭރު ކިޔަވައިދެއްވަމުން ގެންދެވި ކުދިން މީނާގެ ގެޔަށް ގެންދަވައިގެން ކިޔަވައިދެއްވަމުން ގޮސް 1989 ގައި ރޯޝަނީ މަކްތަބުގެ ނަމުގައި ކިޔަވައިދޭ ތަނެއް ރަޖިސްޓަރީ ކުރެއްވިއެވެ. އެތާނގައި އަކުރު ދަސްކޮށްދެއްވުމާއި، ތަޖުވީދުމަގަށް ޤުރްއާން ކިޔަވައިދެއްވުމާއި، ޢަރަބި ތާނަ ލިޔަން ދަސްކޮށްދެއްވުމުގެ މަސައްކަތް މީނާ ކުރައްވަމުން ގެންދެވިއެވެ. އަދި ތަނަވަސްކަން ނެތް ފަޤީރު ކުދިންނަށް ހިލޭ ކިޔަވައިދެއްވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ތަޢުލީމީ މަރުކަޒު ހުޅުވުމުން މުޙަންމަދު އަބޫބަކުރު ދެއްވަމުން ގެންދެވި ޚިދްމަތުގެ ދާއިރާ ހަނިވި ކަމުގައިވިޔަސް، އޭގެކުރިން ރަށުގައި ތަޢުލީމު ދެއްވުމުގެ ވަރަށްބޮޑު ޙިއްޞާއެއް އަދާކުރެއްވިއެވެ.

މުޙަންމަދު އިބްރާހީމަކީ ޚިދްމަތުގައި ދެގޮތެއްނުވާ ހިންމަތްތެރި ވަފާތެރިއެކެވެ.