އަލްފާޟިލް ޢަލީ އާދަމް މަނިކު
ހ. ތާޅަފިލިގެ

ކުޅިވަރުގެ ގޮތުން ޢަލީ އާދަމް މަނިކުގެ ޚާއްޞަ ރޮނގަކީ ޓޭބަލްޓެނިހެވެ. މިރޮނގުން 1983 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް (އެންމެ ދެ އަހަރު ފިޔަވައި) ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހާސިލުކުރައްވާފައިވެއެވެ. އަދި ޤައުމީ މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން 9 ފަހަރު،  ޓީމް އިވެންޓް ޗެމްޕިއަންކަން 7 ފަހަރު މީނާވަނީ ހޯއްދަވާފައެވެ.

ޢަލީ އާދަމް މަނިކަކީ ރާއްޖެއިން ބޭރުގައި ބޭއްވުނު ވަރަށްގިނަ ޓީޓީ މުބާރާތްތަކުގައި ބައިވެރިވެލައްވައި، ބައެއްފަހަރު ރާއްޖޭގެ ޓީމުގެ ކެޕްޓަންކަންވެސް ކުރައްވާފައިވާ މޮޅު ކުޅުންތެރިއެއްމެއެވެ. ޓީޓީ އަށް ތަރުޙީބުދެމުން އަންނަ ކުދިންނަށް ކުރިއަށް ދިޔުމަށް އެހީތެރިވެދެއްވުމާއެކު، ބައެއް ކްލަބްތަކަށް ކޯޗުކަން ކޮށްދެއްވަމުން، މާލޭގެ އެކިއެކި ސްކޫލްތަކަށްވެސް ކޯޗްކަން ކޮށްދެއްވާފައިވެއެވެ. ހޮކީއަކީވެސް ޢަލީ އާދަމް މަނިކުގެ ކުޅިވަރެކެވެ.