އަލްފާޟިލް ޤާސިމް އިބްރާހީމް
މ. މާފަންނުވިލާ

ޓޫރިޒަމްގެ ދާއިރާގައި ޤާސިމް އިބްރާހީމް މަސައްކަތް ފެށްޓެވީ 1988 ގައެވެ. އޭގެފަހުން މިހާތަނަށް 3 ރިޒޯޓް ހުޅުއްވައިފިއެވެ. އަދި 4 ވަނަ ރިޒޯޓް މިހާރު ހައްދަވަމުން އެބަ ގެންދަވައެވެ.

މިހާރު ޤާސިމް އިބްރާހީމް ހިންގަވާ 3 ރިޒޯޓުވެސް ހިމެނެނީ، މިވަގުތު ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ރިޒޯޓުތަކުގެ ތެރޭގައެވެ. ޓޫރިޒަމްގެ ދާއިރާގައި ޤާސިމް ހޭދަކުރެއްވި 7 އަހަރުގެ ތެރޭގައި، ޤާސިމްގެ ރިޒޯޓުތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ރާއްޖޭގެ ޓޫރިޒަމްގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ވަރަށްބޮޑު ހޭދައެއް ކުރައްވާފައިވެއެވެ. މިގޮތުން، ބައިނަލްއަޤްވާމީ މާލީ އިދާރާއަކުން ލޯނު ހޯއްދަވާފައިވެސް ވެއެވެ.

މީގެއިތުރުން، ރިޒޯޓުތަކަށް ޓޫރިސްޓުން އުފުލުމަށް ފެންވަރު ރަނގަޅު ލާންޗުތަކެއް ގެންނަވައި، މި ޚިދުމަތް ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.