އަލްފާޟިލް އިބްރާހީމް ވަޙީދު ބިންމާ
މއ. ހެޕީގާރޑްން

އިބްރާހީމް ވަޙީދަކީ ކުރުވާހަކަ ލިޔުއްވުމުގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭކަލެކެވެ. ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަޖްލިހުން ބޭއްވެވި ކުރުވާހަކަ ލިޔުމުގެ 4 މުބާރާތަކުން ވަނަ ހޯއްދަވާފައިވެއެވެ. އަދި ބްރިޓިޝް ކައުންސިލްގެ ފަރާތުން ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތަކުން 3 ވަނަ ހޯއްދަވާފައިވެއެވެ.

އިބްރާހީމް ވަޙީދު މިހާތަނަށް 80 އަށްވުރެ ގިނަ ކުރުވާހަކައާއި، ދިގު 5 ވާހަކަ ލިޔުއްވާފައިވެއެވެ.