އަލްޙާފިޡު އަޙްމަދު ޝުޖާޢު ޝަރީފް
ހުޅުމާލެ ފްލެޓް ނަންބަރު: 04-ޖީ-6

ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ 2012 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެއީ މަދީނާގެ ޖާމިޔަތުލް އިސްލާމިއްޔާއިން ކިޔަވައި ވިދާޅުވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ފުރަތަމަ އަހަރުއެވެ. 3 އަހަރު ދުވަހުގެ ތެރޭގައި 25 ފޮތް ހިތުން ދަސްކުރެއްވިއެވެ. އަދި ބާކީއޮތް 5 ފޮތަކީ ބަލައިގެން ކިޔެވުމަށް ފަރިތަވެފައިވާ 5 ފޮތް ކަމަށްވާތީ، 2 މަސްދުވަހުގެ ތެރޭގައި މި 5 ފޮތް ދަސްކުރައްވައި ނިންމެވިއެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ މިއަހަރުގެ އޮގަސްޓު މަހުއެވެ.