އަލްޙާފިޡާ މަރްޔަމް ޙުލްމާ މަޝްކޫރު
އިހާ / ސ. ހިތަދޫ

ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ އުމުރުން އެންމެ 8 އަހަރުގައެވެ. އެކަމަށް މަގުފަހިކޮށްދެއްވީ އޭރު ޙުލްމާއަށް ޤުރްއާން ކިޔަވަން ދަސްކޮށްދެއްވުމަށް ވަޑައިގެންނެވި ޤުރްއާން މުދައްރިސް އަލްޙާފިޡާ ޢާއިޝަތު މުޙައްމަދުދީދީއެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ބައިވެރިވެވަޑައިގަންނަވައި، މިދިޔަ އަހަރުގެ ނިޔަލަށް ޤުރްއާން އެއްކޮށް ހިތުދަސްކުރައްވައި ނިންމެވިއެވެ. ޤުރްއާން ހިތުދަސްކުރެއްވުމުގައި މައިންބަފައިން ދެއްވި އެއްބާރުލެއްވުން ޙުލްމާ ވަރަށް ބޮޑަށް ފާހަގަކުރައްވައެވެ.