އަލްޙާފިޡު ސުލްޠާން މުޙައްމަދު ލަޠީފް
ފެހިގެ / ދ. މީދޫ

ފުރަތަމަ ދަސްކުރެއްވީ މަންމައާއި ބައްޕަގެ އެހީއާއެކީގައި ޢަންމާފޮތުގެ ހުރިހާ ސޫރަތްތަކާއި، ތަބާރަކަފޮތެވެ. ޤުރްއާނާބެހޭ މަރުކަޒުން ހިންގަވާ 500 ޙާފިޡުންގެ ކްލާހަށް ވެދެވަޑައިގަތީ 2014 ވަނަ އަހަރުގެ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ. ދަސްކުރައްވައި ނިމުނީ 7 އެޕްރިލް 2015 ގައެވެ. ޢާންމުކޮށް ޤުރްއާން ހިތުދަސްކުރައްވަނީ ފަތިސްނަމާދު ފަހުންނާއި، މަޣުރިބު ނަމާދާއި ޢިޝާނަމާދާ ދޭތެރޭގައެވެ.