އަލްފާޟިލް ޢަބްދުﷲ ސަޢީދު
މ.ނިރޮޅު

               ޢަބްދުﷲ ސަޢީދު، ޓޫރިޒަމްގެ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، މީނާ ބައިވެރިވެވަޑައިގަންނަވާ "ސީޕްރިއާ ޕްރައިވެޓް ލިމިޓެޑް" ގެ ފަރާތުން ކަނިފިނޮޅު ރިޒޯޓުގެ ނަމުގައި ޓޫރިސްޓު ރިޒޯޓެއް ހިންގަވަން ފެށްޓެވި ދުވަސްވަރުން ފެށިގެންނެވެ. އެ ރިޒޯޓަކީ، ޢަބްދުﷲ ސަޢީދުގެ ހިންގެވުމުގެ ދަށުން ވަރަށް ބޮޑަށް ކުރިޔަށް ގޮސްފައިވާ، ފެންވަރު ރަނގަޅު ރިޒޯޓެކެވެ. މީގެ އިތުރުން، ރާއްޖޭގެ ޓޫރިޒަމް ޖަމްޢިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޯޑުގެ ވައިސް ޗެއަރމަންގެ މަގާމުވެސް މީނާ ފުރުއްވާފައި ވެއެވެ. އަދި ސީޕްރިއާ ގުރޫޕް އޮފް ކޮމްޕެނީސް ތަމްސީލުކޮށްދޭ 6 ކުންފުންޏެއްގެ ޗެއަރމަން ކަމާއި. މެނެޖިންގ ޑިރެކްޓަރުގެ މަގާމު މިހާރުވެސް ޢަބްދުﷲ ސަޢީދު ފުރުއްވަމުން ގެންދަވައެވެ.