އަލްފާޟިލް މުޙައްމަދު ޢާމިރު އަޙްމަދު
ހުސްނުހީނާގެ/ ގދ.ފަރެސް

               މުޙަންމަދު ޢާމިރު އަޙްމަދު ޅެން ހައްދަވަން ފެށްޓެވީ 1988 ގައެވެ. ޢާމިރުގެ ބައެއް ޅެންތައް ނޫސް މަޖައްލާތަކުގައި ޝާއިޢުކުރެވި އަދި ބައެއް ލަވަރޯލުތަކުގައި ހިމެނިފައިވެއެވެ. ސަރުކާރު މުވައްޒަފުންގެ ނާދީގެ ލަވައާއި، ބައެއް ސްކޫލްތަކުގެ އެދުމުގެ މަތިން އެކި މުނާސަބަތަށް ބޭނުންވާ ލަވަތަކާއި، ބައެއް ޖަމްޢިއްޔާގެ ލަވަވެސް ހައްދަވައިދެއްވާފައި ވެއެވެ. އަދި ކިޔަވައިދިނުމަށް ބޭނުންވާ ޅެންވެރިކަމުގެ މަޢުލޫމާތާއި، އެހީތެރިކަން ޢާމިރު ދެއްވަމުން ގެންދަވައެވެ. މިހާތަނަށް މާލެއާއި ރާއްޖެތެރޭގައި، ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ 7 ކޯހުގައި ކިޔަވައިދެއްވައި، 145 ފަރާތަކަށް ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދެއްވާފައި ވެއެވެ. މީގެ އިތުރުން ޅެންވެރިކަމާބެހޭ ޕްރޮގްރާމެއް، ދެއަހަރުދުވަސް ވަންދެން ދިވެހިރާއްޖޭގެ އަޑަށް ތައްޔާރުކޮށްދެއްވާފައިވެސް ވެއެވެ. ޅެން ހެދުމުގެ އެކި މުބާރާތްތަކުގައި ބައިވެރިވެ، މަތީ ވަނަތައް ޢާމިރު ވަނީ ހާސިލުކުރައްވާފައެވެ. މިހާތަނަށް ހާހަކަށްވުރެ ގިނަ ޅެން ހައްދަވާފައި ވެއެވެ.