އަލްފާޟިލް ހީރާ ޔޫސުފްފުޅު
މއ.ހީރާގެ

               ޔޫސުފްފުޅު، ދިވެހި ބޭސްވެރިކަމުގެ މަސައްކަތް ފެށްޓެވީ އުމުރުން 20 އަހަރުގައެވެ. މި މަސައްކަތް  ޔޫސުފްފުޅު ދަސްކުރެއްވީ، އޭރު ރާއްޖޭގައި ތިއްބެވި މިކަމުގެ ޢިލްމުވެރިންގެ އަރިހުންނެވެ. ޑޮކްޓަރީ ބޭސްވެރިކަން ކުރިއަރާފައި ނުވާ ދުވަސްވަރެއްގައި މުޖްތަމަޢަށް މިފަދަ ކަމެއް ބޭނުންވެފައިވާ ކަމަށްޓަކައި މީނާ ބޭސްކުރައްވަމުން ގެންދެވީ، މިކަމަށް ބޭނުންވާ ފަތްޕިލާވެލި ލިބުން ދަތިވާތީ، ގޭގައި އެފަދަ ގަސްތައް ހައްދައިގެންނެވެ. މިގޮތުން، ޢާންމުގޮތެއްގައި ދުވާލަކު 10 ވަރަކަށް މީހުންނަށް ބޭސްކޮށްދެއްވާފައި ވެއެވެ. މިއީ މީނާ ހިލޭސާބަހަށް ކޮށްދެއްވާ ކަމެކެވެ.

               ދިވެހި ބޭސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު 1980 ގައި ޔޫސުފްފުޅަށް ލިބިވަޑައިގެންފައި ވެއެވެ.