އިސްލާމްދީން




1
1 * ދައުލަތުގެ އެންމެހާކަންކަން ހިނގަމުން ދަނީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައިކަން ކަށަވަރުކުރުން
* އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ވަރުގަދަކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރުން
2
2 * ދިވެހިރާއްޖެއަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދަމަހައްޓައި، އިސްލާމްދީން ނޫން އެހެން ދީނަކަށް މިފަސްގަނޑުން ޖާގަ ނުލިބޭނެކަން ކަށަވަރުކުރުން.
* ދިވެހިންގެ އިސްލާމީ ވަޙުދަ ވަރުގަދަކޮށް، އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ދެމެހެއްޓުން.
* އަނިޔާވެރިކަމާއި ފަސާދައާއި ހަރުކަށިކަން ނައްތާލައި، އިޤްތިޞާދީ އަދި އިޖުތިމާޢީ ނުހަމަކަން ކުޑަކުރުމަށްޓަކައި މުޅި ދައުލަތުގެ އެންމެހައި ސިޔާސަތުތައް ރާވައި ހިންގުމުގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ރިވެތި އަދަބުތަކަށް ރިޢާޔަތްކުރުން.
* ރާއްޖޭގައި އިސްލާމީ ތަޢުލީމު އާލާކޮށް ކުރިއަށް އޮތް ޖީލުތަކަށް މިކަން ފޯރުކޮށްދިނުމަށް އަޅަންހުރި ފިޔަވަޅުތައް އެޅުން.
3
3 * ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް ދަމަހައްޓައި ކުރިއެރުވުން.
* އިސްލާމިކް މިނިސްޓްރީ އާއި ތަފާތު ރޮނގުތަކުގެ އިލްމުވެރިންނާއި، މުޖްތަމައަށް ފައިދާކުރާ މަސައްކަތްތައް ހިންގާ ޖަމްއިއްޔާތައް ގުޅިގެން އިސްލާމް ދީނާމެދު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުން.
* ސަރުކާރުން ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، އެނިޒާމުގެ ދަށުން ކޮންމެ ރަށަކަށް ޤަވާޢިދުން ވާޢިޡުންގެ ޓީމުތައް ޒިޔާރަތްކޮށް، ދަރުސްދިނުމާއި، މަސައްކަތުބައްދަލުވުންތައް ބޭއްވުމާއި، ދީނީ ކައުންސިލިންގ ދިނުންފަދަ ޙަރަކާތްތައް ހިންގުން.
4
4 * ކޮންމެ މިސްކިތެއްގައި އެތަނުގެ ޤަދަރު ނުގެއްލޭފަދަ ތަޢުލީމީ އަދި އިޖްތިމާޢީ ޙަރަކާތްތައް ހިންގަން ޖާގަ ލިބޭނޭގޮތަށް ކަނޑައެޅި، އިދާރީގޮތުން އެތަންތަން ހިންގާ ބެލެހެއްޓުން ކައުންސިލްތަކާއި ޙަވާލުކުރުން.
5 * އިސްލާމީ ތަޢުލީމުގެ ރޮނގުން ޔުނިވަރސިޓީ ޑިގްރީ ޙާޞިލުކޮށްފައިވާ އިމާމުން މިސްކިތްތަކަށް ހަމަޖެއްސުމަށްޓަކައި އެކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުން.
* އިސްލާމީ ތަޢުލީމުގެ ރޮނގުން ޔުނިވަރސިޓީ ޑިގްރީ ޙާޞިލުކޮށްފައިވާ އިމާމުން މެދުވެރިކޮށް މިސްކިތްތަކުގައި ދީނީ ވަޢުޡު ބުނުމާއި ރައްޔިތުންނަށް ބޭނުންވާ ދީނީ އިރުޝާދު ފޯރުކޮށްދިނުން.
* މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
6 * ދީނީ ޚިޔާލުތަފާތުވުންތައް މަދުކޮށް ހައްދުފަހަނައަޅާފައިވާ ހަރުކަށިކަން ފޮހެލުމަށް ހެޔޮލަފާ ދީނީ މައުލޫމާތު ހުރިހާ ދިވެހީންނަށް އޮޅުންފިލުވޭނޭ ގޮތްތައް ފަހިކުރުމަށްޓަކައި ދީން އުނގެނުމާއި، އިސްލާމިކް ރިސާރޗް ތަޢާރަފްކުރުމަށް ޖަޒީރާ އިސްލާމިކް ސެންޓަރުތަކެއް މިސްކިތްތަކުގައި ޤާއިމްކުރުން.
* ޖަޒީރާ އިސްލާމިކް ސެންޓަރުތަކުގައި ކޮމިއުނިޓީ ލައިބްރަރީތައް އުފެއްދުން. އިޖުތިމާއީ އަދި ތަޢުލީމީ ކަންކަމަށް ބޭނުންކުރެވޭނޭ ގޮތަށް މިތަންތަން ބައްޓަންކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި އެތަންތަން ހިންގާ ތަރައްގީކުރެވޭނެ އިންތިޒާމްތައް ފަހިކޮށްދިނުން.
7 * ކޮންމެ ރަށެއްގައި ޖަޒީރާ ހިނަވާގެ އާއި ރާއްޖޭގެ އުތުރާއި ދެކުނުގައި މޯޗަރީ ބިނާކޮށް ކައުންސިލްތަކުގެ ދަށުން އެތަންތަން ބެލެހެއްޓުން ހަރުދަނާކުރުން.
5
8 * މުދަލު ޒަކާތާއި ފިޠުރު ޒަކާތް ނެގުމާއި، ބެލެހެއްޓުމާއި، ބެހުން ހަރުދަނާކުރުމަށްޓަކައި ޤާނޫނެއްގެ ދަށުން، ދެފުށްފެންނަ ނިޒާމެއް ޤާއިމްކުރުން.
* މުދަލު ޒަކާތް ދައްކަންޖެހޭ ފަރާތްތަކުން ޒަކާތް ނެގޭނެ އުޞޫލުތަކެއް ކަނޑައެޅުން.
* ޒަކާތު ފަންޑުން ކުރެވޭ ޚަރަދުތަކާއި ހޭދަތަކަކީ ދީނުގައި ބަޔާންކުރެވިފައިވާ މިންގަނޑާ އެއްގޮތަށް ކުރެވޭ ޚަރަދު ތަކެއްކަން ކަށަވަރުކުރުން.
* މުދަލު ޒަކާތް ދެއްކުމަށް މީހުން ހޭލުންތެރިކޮށް، ޒަކާތު ފަންޑާ މެދު ރައްޔިތުންގެ އިތުބާރު ހޯދުން.
* ޒަކާތު ކޮމެޓީ އަކީ ޤާބިލު، ޢިލްމީ، ހަރުދަނާ ބަޔަކު ތިބޭ ކޮމެޓީއެއްކަން ކަށަވަރުކުރުން.
6
9 * ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، މިސްކިތްތައް ބެލެހެއްޓުމާއި، ދީނީ އަދި އިޖްތިމާޢީ މިނޫންވެސް ކަންކަމަށް ހޭދަކުރުމަށްޓަކައި ވަޤްފު ފަންޑުތައް އުފައްދާ އެ ފަންޑުތައް ބެލެހެއްޓޭނެ ހަރުދަނާ، ދެފުށްފެންނަ ގާނޫނީ ނިޒާމެއް ޤާއިމްކުރުން.
* ދީނީ، ތަޢުލީމީ އަދި އިޖުތިމާޢީ މުއައްސަސާތަކަށާއި ޖަމިއްޔާތަކަށް ވަޤްފު ކުރެވޭނެ ނިޒާމެއް ހަމަޖެއްސުން.
* ވަޤްފު ކުރެވޭނެ ނިޒާމުގެ ދަށުން ވަޤްފުތައް އިތުރުކޮށް، ދިރުވާ އާލާ ކޮށް، ވަޤްފު ފަންޑަށް ފައިސާ ހޯދުމަށް ހިންގޭ މަޝްރޫޢުތަކުން ލިބޭ ފައިސާ ހަރުދަނާކަމާއެކު ބެލެހެއްޓުން.
* ވަޤްފު ފަންޑުތަކުން ކުރެވޭ ހޭދަތަކަކީ ފަންޑުގެ މަޤްޞަދާ ޚިލާފުނުވާނޭހެން ކުރެވޭ ހޭދަތަކެއް ކަމުގައި ހަދައި އެކަން ކަށަވަރުކުރެވޭނެއެވެ.
7
10 * ދިވެހިން ބޭނުންކުރުމަށް ދިވެހިރާއްޖެއަށް އެތެރެކުރެވޭ ހުރިހާ ބާވަތްތަކަކީ އަދި ރާއްޖޭގައި އުފައްދާ ހުރިހާ ބާވަތްތަކީ ޙަލާލް ތަކެތިކަން ކަށަވަރު ކުރުމަށްޓަކައި ޙަލާލް ސެޓްފިކޭޝަން ދޫކުރުމާއި ޙަލާލް ސްޓޭންޑަޑް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން.
* ޙަލާލް ސެޓްފިކެޓް ދެވޭފަރާތްތައް މޮނީޓަރކޮށް ސްޓޭންޑަޑް ހިފެހެއްޓޭކަން ކަށަވަރުކޮށް، މިކަމަށް ބޭނުންވާނެ ޓެކްނިކަލް މީހުން އުފައްދައި ލެބޯޓްރީއާއި ވަޞީލަތްތައް ޤާއިމް ކުރުން.
8
11 * ފަރްޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެގޮތް ހަމަޖެއްސުން.
* ޙައްޖާއި ޢުމްރާގެ އަޅުކަމާ ގުޅޭ މަސައްކަތްތައް މީހުންގެ އިތުބާރު ލިބޭފަދަ ގޮތަކަށް ރާވާ ހިންގޭނެ އުޞޫލުތަކާއި އިންތިޒާމްތައް ހަމަޖައްސައި އެކަން ކަށަވަރު ކުރުން.
* ޙައްޖާޖީންނާއި ޢުމްރާވެރިންނަށް އިހާނެތި ގޮތްތައް ހަދާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ އުސޫލުތަކެއް ކަނޑައެޅުން.
* ޙައްޖާއި ޢުމްރާއަށް މީހުން ގެންދިއުމުގެ ފުރުޞަތު ކުންފުނިތަކަށް ދިނުމުގައި، ދެފުށްފެންނަ އުސޫލެއް ކަނޑައެޅުން.
* ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކޮށް، ޙައްޖާއި ޢުމްރާއަށް ގެންދެވޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތައް މޮނިޓަރކޮށް، އެކަންކަމާ މެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެ ނިޒާމެއް ޤާއިމްކުރުން.
* ޙައްޖަށް ގެންދިއުމުގައި ކުންފުނިތަކުން އެއްބަސްވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާކަމަށް ކުރެވޭ ޝަކުވާތަކަށް ޙައްލު ހޯދުން.
* ޙައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ތަރައްޤީކުރުން.
* ޙައްޖާއި ޢުމްރާ ގުރޫޕްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދީ އެފަރާތްތަކަށް މިނިސްޓްރީއިން ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
9
12 * މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ދިވެހިރާއްޖޭގެ ފިޤްހު އެކެޑަމީއެއް ޤާއިމްކޮށް، މެންބަރުން ޢައްޔަނު ކުރެވޭނެ ހަރުދަނާ އުޞޫލެއް އެކަށައެޅުން.
* ރައްޔިތުންނަށް އެނގެންޖެހޭ ދީނުގެ މުހިއްމު ޙުކުމްތަކުގައި ފަތުވާދިނުމާއި، ޚިޔާލުތަފާތުވުން ހުރި ދީނީ މައްސަލަތަކުގައި ދައުލަތުން އަމަލުކުރާނެ ގޮތެއް  ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށާއި، މިނިވަން މުއައްސަސާތަކަށާއި ޝަރުޢީ ކޯޓުތަކަށާއި ރައްޔިތުންގެ މަޖިލީހުން ހަދާ އެންމެހައި ޤާނޫނުތަކަށް ދީނީ ލަފާދީ، ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުން ހިންގާ ކަންކަމުގައި ހުރި ދީނާ ފުށުއަރާ ކަންތައްތައް ބަލައި އިޞްލާޙުކުރަން އިރުޝާދު ދިނުމުގެ މަސްއޫލިއްޔަތު ފިޤްޙު އެކެޑަމީ އާއި ޙަވާލުކުރުން.
10
13 * ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހިންގުން ހަރުދަނާކޮށް، ރަނގަޅު ފެންވަރަކަށް  އިމާރާތް ހަދާ ތަރައްޤީކުރުން.
* ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ޤާރީންނާއި ޙާފިޒުން އުފެއްދޭ މިންވަރު އިތުރުކޮށް ޤުރްއާނުގެ ޢިލްމު އުނގެނުމުގެ ފުރުޞަތު ފުޅާކޮށް، ހަރުދަނާކުރެވި، ބައިނަލްއަޤްވާމީ މިފަދަ މުއައްސަސާތަކާއި ގުޅުންބަދަހިކޮށް އެފަރާތްތަކާއި ގުޅިގެން މަތީ ފެންވަރުގެ ޕްރޮގްރާމްތައް ހިންގާ، ސަނަދުތައް ދޭތަނެއްގެ ގޮތުގައި ހަމަޖެއްސުން.
11
14 * ދިވެހިރާއްޖޭގެ އިސްލާމީ ރިސާރޗް ސެންޓަރެއް ޤާއިމް ކުރުން.
* އިސްލާމީ ރިސަރޗް ސެންޓަރުން ބައިނަލް އަޤްވާމީ މިފަދަ ސެންޓްރުތަކާއި ޔުނިވާރސިޓީތަކާއި ގުޅިގެން ދީނާ ގުޅުންހުރި ދިރާސާތައްކުރުމާއި، ދީނީ ފޮތް ލިޔެ ތައްޔާރު ކުރުމާއި، ދީނީ ޖަރނަލްތައް ޝާއިޢު ކުރުމުގެ މަސައްކަތް ކުރަމުން ގެންދިއުން.
* ހުރިހާ ރަށެއްގައި އިސްލާމީ ރިސަރޗް ސެންޓަރުގެ ގޮފިތައް ޤާއިމުކޮށް، މޮނިޓަރ ކޮށް، ބެލެހެއްޓުން.
* މީޑިއާގެ ވަޞީލަތްތައް ބޭނުންކޮށްގެން ދިރާސާތަކާ ގުޅޭ މަޢުލޫމާތު ޢާންމުކުރަމުން ގެންދިއުން.