100 ދުވަހުގެ ވަޢުދުތައް - ނޫ އިޤްޠިޞާދު







ޖުމްލަ 4 ދާއިރާއިން 19 ވަޢުދު


ނިމުނު ވަޢުދުގެ ޢަދަދު 19
ނިމުނު އިންސައްތަ 100%
1
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ވިޔަފާރިތަކަށް ދިމާވަމުންދާ ދަތިތައް ދެނެގަތުމަށްޓަކައި ފެބުރުވަރީ 26 އިން 27 ގައި، 150 ބައިވެރިންނާއެކު ބިޒްނަސް ކޮންވެންޝަންއެއް ބާއްވާފައި.
• ޓެކްސް ނިޒާމުގެ ސަބަބުން ދިމާވާ ދަތިތައް ދެނެގަނެ ޙައްލުތަކެއް ހޯދުމަށް ޓެކްސް ރިފޯމް ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށާފައި.
ފެންނާނެ ބަދަލު • ވިޔަފާރި ކުރުމަށާއި ވިޔަފާރިވެރިންނަށް ދިމާވަމުންދާ ދަތިތައް ހައްލުވުން.
• ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމުވުން.
• ވިޔަފާރިތައް އިތުރުވުމާއި، ވިޔަފާރީގެ ވާދަވެރިކަން އިތުރުވެ މުދަލުގެ އަގު ހެޔޮވެ، އާންމު ރައްޔިތުންގެ ފުދުންތެރިކަން މިކަމުގެ ސަބަބުން އިތުރުވެގެން ދިޔުން.
2
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • 1 ޖަނަވަރީ 2019 އިން ފެށިގެން 24 ގަޑިއިރުގެ ވިޔަފާރިއަށް ހުއްދަ ދޫކުރަން ފަށާފައި
• މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އަދި ކައުންސިލްތައް މެދުވެރިކޮށް ހުއްދަ ފޯމު ހުށަހެޅޭގޮތަށް ހުޅުވާލެވިފައި.
ފެންނާނެ ބަދަލު • އާންމު ރައްޔިތުންނަށް ލުއިފަސޭހަކޮށް ޒަރޫރީ ބޭނުންތައް ފުއްދުމަށް ގަންނަން ބޭނުންވާ ތަކެއްޗާއި، ކެއިން ބުއިމުގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ވިޔަފާރިތައް މެދުވެރިކޮށް ލިބިގެންދިއުން.
ޕޮލިސީ ޑޮކިއުމަންޓް ލިންކް www.gazette.gov.mv/gazette/download/4456
3
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ސިޔާސަތު އެކުލަވާލާފައި.
• ވިޔަފާރިތަކަށް ފަސޭހަ ކުރުމުގެ ގޮތުން މިނިސްޓްރީއިން ދެމުންގެންދާ އޮންލައިން ސަރވިސްތަކަށް 13 ޚިދުމަތެއް އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ.
ފެންނާނެ ބަދަލު • ލުއި ފަސޭހަގޮތެއްގައި ވިޔަފާރިކުރުމަށް މަގުފަހިވުން؛
• ސަރުކާރުގެ ރެޑް ޓޭޕް ކުޑަކުރުން
4
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ބިލް ޑްރާފްޓްކޮށް، ސްޓޭކްހޯލްޑަރުންގެ ކޮމެންޓަށް ފޮނުވައި، މީސްމީޑިއާ މެދުވެރިކޮށް އާންމުންގެ ހިޔާލު ހޯދައިފާ
• ބިލް މަޖިލީހަށް ހުށަހެޅުމަށް ފޮނުވިފައި.
ފެންނާނެ ބަދަލު • މުދާ ގަންނަ އަދި ޙިދުމަތް ހޯދާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރެވޭނެ.
5
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ބިލް ޑްރާފްޓްކޮށް، ސްޓޭކްހޯލްޑަރުންގެ ކޮމެންޓަށް ފޮނުވައި، މީސްމީޑިއާ މެދުވެރިކޮށް އާންމުންގެ ހިޔާލު ހޯދައިފާ
• ބިލް މަޖިލީހަށް ހުށަހެޅުމަށް ފޮނުވިފައި.
ފެންނާނެ ބަދަލު • ވިޔަފާރީގައި ވާދަވެރި މާހައުލެއް ޤާއިމް ކުރުމަށް މަގުފަހިވެގެން ދިއުން.
6
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން 18 މާރިޗު 2019 ގައި އުފައްދައި ޚިދުމަތް ދޭން ފަށާފައި.
• އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް 6 ޕަސަންޓާއި 9 ޕަސަންޓާއި ދެމެދުގެ އިންޓްރަސްޓް ރޭޓެއްގައި 4 ލޯނެއް ދޫކުރަން ފަށާފައި.
• އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެގޮތް ހަމަޖެހިފައި.
ފެންނާނެ ބަދަލު • އަންހެނުންނާއި، ޒުވާނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބައިވެރިވުން ވިޔަފާރި މާޙައުލުގައި އިތުރުވެގެންދިއުން.
• ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް ދެވޭ ވަރަށްބޮޑު އެހީއަކަށްވެގެން ދިއުން.
• އެސްއެމްއީ ލޯނުގެ 20 އިންސައްތަ ޚާއްޞަކޮށްފައިވަނީ އަންހެނުންނަށާއި، ޒުވާނުންނަށާއި، ނުކުޅެދުންތެރިކަންހުންނަ މީހުންނަށްކަމުގައިވާތީ، މުޅި ޤައުމުގެ ތިންބައިކުޅަ ދެބަޔަށް ވުރެ ގިނަ މީހުންނަށް އެހީތެރެވެދޭނެ ލޯން ސްކީމަކަށް ވުން.
ވެބްސައިޓް sdfc.mv
7
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ޑީސަލް އިން އިމްޕޯޓު ޑިއުޓީ ކަނޑާލުމަށް އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ވަނީ އިސްލާހު ގެނެވިފައި
• މަސްވެރިކަން ކުރާ އުޅަނދުތަކަށް ޑީސަލް ގެ ޑިއުޓީ ކަނޑާލުމުން ލިބޭ މަންފާ ފޯރުކޮސްދިނުމަށް ޓަކައި ކަނޑައަލާ އުސޫލުތައް އިމްޕޯޓް އެކްސްޕޯޓް ގަވާއިދަށް އިސްލާހުތަކެއްގެ ގޮތުގައި ގެނެވިފައި.
• މި ގަވާއިދަށް ގެނެވުނު އިސްލާހު ގެޒެޓް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
ފެންނާނެ ބަދަލު • އަލަށް މަސްވެރިކަމަށް ނުކުންނަ ފަރާތްތައް އިތުރުވުން
• މަހުގެ އެކްސްޕޯޓް އިތުރުވުން
• މަހުގެ ވިޔަފާރި ފުޅާވެ މަސްވަރިންނަށް ރަނގަޅު ފައިދާއެއް ލިބުން
8
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • މަސްވެރިކަން ކުރުމަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސްބޯޓުތަކަށް ވަނުމުގެ ހުއްދަ ދިނުން ހުއްޓާލައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ބިދޭސީ ފަޅުވެރިން ހިމަނައިގެން އޮޕަރޭޓްކުރަމުންދާ ލޭނު މަސްވެރި އުޅަނދުތަކުގައި ބިދޭސީ ފަޅުވެރިން ބޭނުންކުރުމުގެ 'ފޭސް އައުޓް ޕްލޭން' އެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދަނީ.
ފެންނާނެ ބަދަލު • ބޭރުގެ މަސްބޯޓުތައް ދިވެހިރާއްޖޭގެ ކަނޑު ސަރަހައްދުން މަސް ބޭނުން ހުއްޓި، ދިވެހިރާއްޖޭގެ ކަނޑުތަކުގެ ފައިދާ ދިވެހި މަސްވެރިންނަށް ލިބިގެންދިއުން.
• ދިވެހި މަސްވެރިން ބާނާ މަސް ގަންނަން ބޭނުންވާ ބޭރުގެ މަސްކިރާ ބޯޓުފަހަރު ރާއްޖެ އައުމަށް ހުއްދަދެވި، މެދުވެރިއެއްނެތި، ބޭރުގެ މަސްގަންނަ ފަރާތްތަކަށް މަސް ވިއްކޭނޭ މަގު ފަހިވެގެން ދިއުން.
9
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • "މަސްދޯނި އެކައުންޓް" ޚިދުމަތް ދިނުމަށްޓަކައި މަސްވެރިޔާ ކާޑު 20 ފެބްރުއަރީ 2019 ގައި ތަޢާރަފުކޮށް، ރާއްޖޭގެ ހުރިހާ މަސްވެރިންނަށް މި ކާޑުގެ ޚިދުމަތް ހޯދުމަށް ހުޅުވާލާފައި.
• މިހާތަނަށް 201 މަސްވެރިޔާ ކާޑު ދޫކޮށްފައި.
ފެންނާނެ ބަދަލު • "މަސްދޯނި އެކައުންޓް" ޚިދުމަތް ދިނުމަށްޓަކައި މަސްވެރިޔާ ކާޑު 20 ފެބްރުއަރީ 2019 ގައި ތަޢާރަފުކޮށް، ރާއްޖޭގެ ހުރިހާ މަސްވެރިންނަށް މި ކާޑުގެ ޚިދުމަތް ހޯދުމަށް ހުޅުވާލާފައި.
• މިހާތަނަށް 201 މަސްވެރިޔާ ކާޑު ދޫކޮށްފައި. އަދި މި ކާޑު މެދުވެރިކޮށް މިހާތަނަށް މިފްކޯއިން 2.9 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި.
10
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • އެސް.އެމް.އީ ބޭންކް މެދިވެރިކޮށް "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި ލޮނުފެން ފިނިކުރާ ނިޒާމް ޤާއިމްކުރުމުގެ ލޯން ސްކީމް ތަޢާރަފްކޮށް، މި ލޯނަށް އެޕްލައި ކުރުމުގެ ފުރުޞަތު 27 މާރިޗު 2019 ގައި ހުޅުވާލާފައި.
• މި ސްކީމްގެ ދަށުން ގިނަވެގެން 700،000 ރުފިޔާ އާ ހަމައަށް %6 އިންޓްރެސްޓްގައި ޝަރުތު ހަމަވާ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ.
ފެންނާނެ ބަދަލު • މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައިހުރި އައިސް ޕްލާންޓްތަކުން އައިސް ހޯދުމަށްޓަކައި މާދުރަށް ދުއްވަން ނުޖެހި ފަސޭހައިން މަސްވެރިން ބޭނުންވާ ވަރަށް އައިސް ލިބޭނެގޮތް މަގުފަހިވުން.
• އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަވެ މަސްވެރިކަމުގައި ބާނާ މަސް ގިނަ ވަޤުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަޤުތު ހޭދަކުރެވޭނޭ ގޮތް ތަނަވަސްވެ، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ލިބިގެން ދިއުން.
• މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްޤީވެ ދިވެހިރާއްޖޭއަށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުވުން.
ވެބްސައިޓް sdfc.mv
ޕޮލިސީ ޑޮކިއުމަންޓް ލިންކް sdfc.mv/Download/Kandufalhuge_Nafaa_Loan_Application_Form.pdf
11
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • އޮޕަރޭޝަން ހުއްޓިފައި ހުރި އައިސްޕްލާންޓް ތަކަކީ ކޮބައިތޯ ބަލައި އެ ޕްލާންޓްތައް އޮޕްރޭޝްނަށް ގެނެވިފައި.
• އދ.މަހިބަދޫގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ޖަނަވަރީ 2019 ގައި އޮޕަރޭޝަން ފަށާފައި.
• ފުވައްމުލަކު ސިޓީގައި ޤާއިމްކުރުމަށް ހަމަޖައްސާފައިވާ އައިސް ޕްލާންޓް ރާއްޖެ ގެނެސް މި މަހުގެ ނިޔަލަށް އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދަނީ.
ފެންނާނެ ބަދަލު • އައިސް ހޯދުމަށްޓަކައި މާދުރަށް ދުއްވަން ނުޖެހި ފަސޭހައިން އައިސް ލިބި، މަސްވެރިކަން ފަހި މޫސުމުގައި ވެސް މަސްފިނިކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން.
• މަސްވެރިން ބާނާމަސް، މަސްގަންނަ އުޅަނދުފަހަރަށް ނުވަތަ ފެކްޓްރީތަކަށް ގެންދެވެންދެން ތާޒާކަންމަތީގައި މަސްދޯނިފަހަރުގައި ބަހައްޓައި، މަސްވެރިންނަށް ރަނގަޅު އަގެއް ލިބިގެން ދިއުން.
12
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް
• ދިވެހިރާއްޖޭގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރާނެ 'މެނޭޖްމަންޓް ރެޖީމް' އެކުލަވާލައި، މިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ބޭނުންވާ އާލާތްތައް ދޫކުރާނެ އުސޫލެއް ކަނޑައަޅައި މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައި.
• ލޯނަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 6 ފަރާތަކަށް ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތްތައްވަނީ ހަވާލުކޮށްފައި.
• ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންކުރާ އާލާތްތައް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަރސްގެ ފެޑް ސެންޓަރގައި އެ ތަކެތި ބަލަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދީފައި.
ފެންނާނެ ބަދަލު • ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމައަށް ބޭނުން ހިފުމުގެ ގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ވެށީގައި ދިރިއުޅޭ ބާވާތްތަކުގެ ތެރެއިން އައު މަސްވެރިކަމެއް ކުރެވިދާނެ ބާވަތްތަކަކީ ކޮބައިތޯ ބެލެމަށްފަހު، އައު މަސްވެރިކަމެއް ދިވެހި މަސްވެރިންނަށް ތައާރަފްވެގެން ދިއުން.
• ބައިނަލްއަޤްވާމީ ބާޒާރުގައި ތުތި ބޯވަދިލަ މަސްވެރިކަމަށް ލިބޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ލިބިގެން ދިއުން.
• ހަމައެކަނި ކަނޑުމަހުގެ މަސްވެރިކަމަށް މަސްވެރިން ބަރޯސާވާ މިންވަރު ކުޑަވުން.
13
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • މަސްވެރިކަމުގެ ޤާނޫނު މުރާޖަޢާކޮށް ގެންނަންޖެހޭ ބަދަލު ގެނައުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފޮނުވިފައި.
ފެންނާނެ ބަދަލު • ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމާ ގުޅުންހުރި ވަސީލަތްތަކާއި ކަނޑުތަކުގެ ގުދްރަތީ ވަޞީލަތްތައް ހިމާޔަތްކުރުމަށް ދެމެހެއްޓެނިވި ނިޒާމުތައް ރާވާ، ހިންގާ، ބަލަހައްޓައި، ތަރައްޤީކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރުމަށް ޤާނޫނީ ބާރު ލިބިގެންދިއުން.
• ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެކުއަރކަލްޗަރކުރުމާ ގުޅޭ އެންމެހައި ހަރަކާތްތައް ކުރިއަރުވައި، ހިންގައި، ބަލަހައްޓައި، ވިލަރެސްކޮށް އަދި ހިނގަނީ ޤާނޫނީ އިމުގެ ތެރެއިންކަން ކަށަވަރުވެގެންދިއުން.
• ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ޤާނޫނީގޮތުން ހުއްޓިގެންދިއުން.
14
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޓޫރިޒަމް
ކުރެވުނު މައިގަނޑު މަސައްކަތްތައް • އިޝްތިހާރުކުރާނެ ގޮތުގެ ޕްލޭން ހެދި، އެކަމަށް ބަޖެޓް ހަމަޖެހިފައި.
ފެންނާނެ ބަދަލު • އިޝްތިހާރުކުރުން އިތުރުވެ އޭގެ ސަބަބުން ރާއްޖެ މަޝްހޫރުވުން.
• ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވުން.
15
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ޓޫރިޒަމް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ގެސްޓްހައުސް އޮޕަރޭޓާރސް އަދި އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި ގުޅުންހުރި އިދާރާތައް ބައިވެރިކޮށް 29 ޖެނުއަރީ 2019 ގައި ގެސްޓްހައުސް ސިމްޕޯޒިއަމް ބޭއްވިފައި.
ފެންނާނެ ބަދަލު • ގެސްޓް ހައުސް ސިމްޕޯސިއަމްގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ގެސްޓްހައުސް ތަކުން ލިބޭ ފައިދާ، ރަށްތަކަށާއި ރަށުގެ ރަށްވެހިންނަށް އެންމެ ފައިދާހުރިގޮތެއްގައި ލިބިގެން ދާނެ ގޮތަކަށް ގެސްޓްހައުސްގެ ވިޔަފާރި ފުޅާވުން.
• ގެސްޓްހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތައް ދެނެގަނެވި، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިވެގެންދިއުން.
16
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • ދަނޑުބިން ދޫކުރާނެ ޤާނޫނީ އޮނިގަނޑުގެ ޑްރާފްޓް އެކުލަވާލެވި، އުޞޫލު ގެޒެޓްކުރުމުގެ މަސައްކަތް ކުރިއަށް ދަނީ.
ފެންނާނެ ބަދަލު • ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ދަނޑުބިން ދޫކުރަނީ ހަމަހަމަ އުޞޫލަކުން ކަން ކަށަވަރުކުރެވުން.
• ދަނޑުވެރިކަމުގެ ސިނާޢަތު ފުޅާވުމާއި، އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުވުން އަދި އަދި އޭގެ ސަބަބުން އިޤްތިސާދަށް ހެޔޮ ބަދަލުތަކެއް އައުން.
• ދަނޑުވެރިކަން ކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ބާރެއް ލިބުން، އަދި ބާޒާރުގައި ރާއްޖޭގެ އުފެއްދުންތައް ލިބެން ހުންނަ މިންވަރު އިތުރުވުން.
17
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ކުރެވުނު މައިގަނޑު މަސައްކަތްތައް • ފިޝަރީސް މިނިސްޓްރީއާއި އެކު މަޝްވަރާކުރެވި ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ ކަނޑާލެވޭނެ ތަކެތި ކަނޑައަޅާފައި.
• ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށްޓަކައި ގަވާއިދަށް އިސްލާހު ގެނެވިފައި.
• މި ގަވާއިދަށް ގެނެވުނު އިސްލާހު ގެޒެޓް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ.
ފެންނާނެ ބަދަލު • ދިވެހިރާއްޖޭގެ އުފެއްދުންތައް ލޯކަލް ބާޒަރަށް ނެރޭ މިންވަރު އިތުރުވުން.
• ދަނޑުވެރިކަން ކުރާ ފަރާތްތައް އިތުރުވެ، ދަނޑުވެރިކަމުގެ ސިނާއަތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވުން.
• ރައްޔިތުންނަށް ހެޔޮ އަގެއްގައި ދަނޑުވެރި އުފެއްދުންތައް ލިބުން.
18
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • އެސް.އެމް.އީ ބޭންކް މެދިވެރިކޮށް "ދަނޑުވެރި ނަފާ" ލޯން ސްކީމް 18 މާރިޗު 2019 ގައި ތަޢާރަފްކޮށް، މި ލޯނަށް އެޕްލައި ކުރުމުގެ ފުރުޞަތު ހުޅުވާލާފައި.
ފެންނާނެ ބަދަލު • ދަނޑުވެރިކަމުގެ ހުރިހާ ދާއިރާއެއްގައި ޙަރަކާތްތެރިވާ ފަރާތްތައް ކުރަމުންދާ މަސައްކަތް އިތުރަށް ކުރިއަރުވައި، މި ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންނަށް މޫސުމަށް އަންނަ ބަދަލުތަކާއި ދުރުވެ ތިބެ ޓެކްނެލޮޖީގެ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު މަގުފަހިކޮށްދިނުން.
• ދިވެހި ދަނޑުވެރިން ބާރުވެރިކުރުވައި، ދިވެހިރާއްޖެއަށް ބޭރުން އެތެރެކުރާ ދަނޑުވެރިކަމުގެ ބާވަތްތަކަށް ބަރޯސާވުން ކުޑަވުން.
• ޞިއްޙަތަށް ރަނގަޅު، ފައިދާހުރި ކާނާ ދިވެހިރާއްޖޭގައި އުފައްދައި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގު ތަނަވަސްވެގެން ދިއުން.
ވެބްސައިޓް sdfc.mv
19
ސްޓޭޓަސް ނިމިފައި
މަސައްކަތް ހިންގާ ވުޒާރާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ކުރެވުނު މައިގަނޑު މަސައްކަތްތައް • ދިވެހިރާއްޖޭގެ ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމް.ގެޕް) ސްކީމް އިތުރަށް ހަރުދަނާކުރެވިފައި.
• ޕެސްޓިސައިޑް ބިލް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި.
ފެންނާނެ ބަދަލު • މި ނިޒާމްގެ ސަބަބުން ރާއްޖޭގައި ހައްދާ ތާޒާ މޭވާއާއި ތަރުކާރީ ހެއްދުމުގައި ގެންގުޅޭނެ ދަނޑުވެރިކަމުގެ ރަނގަޅު އާދަތައް އަށަގަތުން.
• ދިވެހިރާއްޖޭގެ ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމް.ގެޕް) ސްކީމް އާއްމުކޮށް ހުޅުވާލުމުން މި ސްކީމްގެ ދަށުން ދަނޑުވެރިކަމުގެ ގެންގުޅޭ ރަނގަޅު އުސޫލުތަކަށް ސެޓިފައިވާ ދަނޑުތަކުގެ އުފެއްދުންތަކަކީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ތަރުކާރީ އަދި މޭވާ ކަމުގައި ކަށަވަރު ކުރެވިގެންދިއުން.
• ޕެސްޓިސައިޑް ބޭނުންކުރާނެ ރަނގަޅު މިންތަކަށް މީހުން އަހުލުވެރިވެގެންދިއުން.