އޯގާތެރިކަމާއި އަޅާލުމަކީ ސަރުކާރެއްގެ ސިޔާސަތު ބިނާކުރުމުގައި އަސާސެއް ކަމުގައި ނުވެއްޖެނަމަ، އެ ސަރުކާރަކުން ހިންގާ ސިޔާސަތަކީ ތަރައްޤީއަށް ހުރަސްއެޅޭނެ ސިޔާސަތެއްކަން އިންސާނީ ތަޖުރިބާ މިއަދުވަނީ ވަރަށް ބޮޑަށް ޔަޤީންކޮށްދީފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. މި ފެށޭ ހަފްތާގެ ތެރޭގައި، ކެއަރ ސޮސައިޓީއަށް ސަރުކާރުން އިމާރާތެއްގެ ކަންތައް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
23 ޖަނަވަރީ 2009
ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފި
22 ޖަނަވަރީ 2009
ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީ މާވަށަށާއި، އިސްދޫ ކަލައިދުއަށް ވަޑައިގެން، އެރަށްރަށުގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފި
22 ޖަނަވަރީ 2009
މެދު ދެކުނު ސަރަޙައްދުގައި ހިމެނޭ ކޮޅުމަޑުލާއި ހައްދުންމަތި، ލާމަރްކަޒީ އުޞޫލުން ހިންގެވުމަށްޓަކައި އިއްޔެ ފެށްޓެވި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކޮށްލައްވައިފި
22 ޖަނަވަރީ 2009
8 ރަށެއްގެ ކައުންސިލަރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އިސްކުރައްވައިފި
21 ޖަނަވަރީ 2009
”ނޯދަން ޔުޓިލިޓީޒް ލިމިޓެޑް“ މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފައްދަވައިފި
21 ޖަނަވަރީ 2009
ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގެވުމުގެ މަޝްރޫޢުގެ ދަށުން
މެދު ދެކުނު ސަރަޙައްދަށް އަމާޒު ކުރައްވައިގެން ބާއްވަވާ މަސައްކަތު ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު އިފްތިތާޙުކޮށްދެއްވައިފި
21 ޖަނަވަރީ 2009
ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
21 ޖަނަވަރީ 2009
އެމެރިކާގެ އާ ރައީސް ބަރަކް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ
ތަހުނިޔާ ވިދާޅުވެއްޖެ
21 ޖަނަވަރީ 2009
ސަރުކާރު މުވައްޒަފުންނަށް، އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުމްލަ އެއްބިލިޔަން ރުފިޔާގެ މުސާރައިގެ ކުރިއެރުމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި. 1 ފެބްރުއަރީ 2009 ން ފެށިގެން ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަކީ، ހެނދުނު 8.00 ން މެންދުރު 12.00 އަށް އަދި މެންދުރު 1.00 ން ހަވީރު 4.00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި
21 ޖަނަވަރީ 2009