ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރެއްގެ މަޤާމު ހުސްވެފައި މިވަނީ އެ ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްގެ މަޤާމުން އަޙްމަދު ސުލައިމާން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ލަފާދެއްވާފައިވާ ގޮތަށް 9 އޯގަސްޓު 2020 ގައި، ރައީސުލްޖުމްހޫރިއްޔާ އަޙްމަދުސުލައިމާން އެ މަޤާމުން ވަކިކުރައްވާފައިވާތީއެވެ.