ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ (ގުލްފާމުގެ، ރ.އުނގޫފާރު) 1 އޮކްޓޫބަރު 2012 ދުވަހުގެ ރޭ ވަރަށް އަނިޔާވެރިކަމާއެކު އަވަހާރަކޮށްލާފައި ވާތީވެ، އެކަން ރޭވި މީހުންނާއި އެކަން އެ ބަޔަކު ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ޚަރަދުކުރި ފަރާތް ހޯދުމުގެ މަސައްކަތް ހަވާލުކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް 17 ނޮވެމްބަރ 2018 ގައި އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން އެމައްސަލަ ބެލުމަށްފަހު ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ.

އެމައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓު މި ނޫސްބަޔާނާއިއެކު ޢާންމުކުރަމެވެ.