2017 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 31 ވަނަ ދުވަސް ބަންދުދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުން

މި ދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސްވަރަކަށްވެފައި އަދި މި ފެށޭ އައު އަހަރުގެ ފުރަތަމަ ދުވަހަކީ ހޯމަދުވަހަކަށްވުމުން، 2017 ޑިސެންބަރު 31 ވާ އާދީއްތަދުވަހަކީ، ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސެވުމުން، ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، 2018 ޖަނަވަރީ 2 ވާ އަންގާރަދުވަހު ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.




ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500