މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރައްވާ ޕާސްޕޯޓް ކާޑު، ކާކުކަން އަންގައިދޭ ލިޔުމެއްގެގޮތުގައި ބަލައިގަތުން

މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރައްވާ ޕާސްޕޯޓް ކާޑަކީ، ދިވެހިރާއްޖޭގައި މި ވަގުތު ބޭނުންކުރާ ކާކުކަން އަންގައިދޭ ލިޔުންތަކުގެ ތެރެއިން ޕާސްޕޯޓް ފިޔަވައި ސަލާމަތީގޮތުން އެންމެ ރައްކާތެރި، ނަކަލު ނުކުރެވޭނެގޮތަށް ހަދާފައިވާ ކާކުކަން އަންގައިދޭ ލިޔުމެކެވެ. ވީމާ، ސަރުކާރުގެ މުއައްސަސާތަކާއި، ހޮސްޕިޓަލްތަކާއި، ބޭންކުތައް ފަދަ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވާ ތަންތަނުން،ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑެކޭ އެއްފަދައިންޕާސްޕޯޓް ކާޑަކީވެސް ކާކުކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ބަލައިގަތުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500