އެންމެފަހުގެ ޚަބަރުތައް


މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖެއްސެވުން

މާދަމާ، 2017 މޭ 7 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މިއަދާއި، މިރޭ، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު، ލޯކަލް ކައުންސިލްގެ އިންތިޚާބުގެ އެކި މަސައްކަތްތަކުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާތީއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500