އެންމެފަހުގެ ޚަބަރުތައް


2016 ސެޕްޓެންބަރު 15 ވާ ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުން
2016 ސެޕްޓެންބަރު މަހުގެ 2 ވާ ހުކުރު ދުވަހަކީ،  މިއަހަރުގެ ޛުލްޙިއްޖާ މަހުގެ1 ވަނަ ދުވަސްކަމަށް ސަޢޫދީޢަރަބިއްޔާ ސަރުކާރުން އިޢުލާން ކުރައްވައިފިނަމަ، ސެޕްޓެންބަރު މަހުގެ 15 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް މި ހަމަޖެއްސެވީ، އަޟްޙާ ޢީދާ ގުޅިގެން ޗުއްޓީގަޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށްދާން ބޭނުންވާ މުވައްޒަފުން ކުރިއަށް ރާވައިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ޢީދު ދުވަހާ ގުޅިގެން ބަންދު ކުރައްވާ ދުވަސްތަކަށް މެދުކެނޑުމެއްނައިސް މުވައްޒަފުންނަށް ބަންދު ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެއްސެވުމުން، އަޟްޙާ ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، ސެޕްޓެންބަރު މަހުގެ 18 ވާ އާދީއްތަ ދުވަހު ކަމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500