ވީޑިއޯ



އިންޓަރނޭޝަނަލް މޮޑެރޭޝަން ފޯރަމްގެ ފަރާތުން ރައީސުލްޖުމހޫރިއްޔާއަށް އެވޯޑެއް އެރުވުމުގެ ޙަފްލާ

އެންމެފަހުގެ ޚަބަރުތައް


ހާލުގައި ޖެހިފައި ތިބި މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީތެރިވުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމުގައި ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމަހޫރިއްޔާ މިހެން ވިދާޅުވީ އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެވޯޑެއް އެރުވުމަށް މިއަދު ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުސްލިމް އުންމަތަށް ދިމާވާ ނުރައްކާތަކާ ކުރިމަތިލުމަށް ހުރިހާ މުސްލިމުން އެކަތިގަނޑަކަށް ވާންޖެހޭ ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ބޭރާއި އެތެރޭން މުސްލިމު މުޖުތަމަޢުތަކަށް ކުރިމަތިކުރުވާ ފިއްތުންތަކާއި އިސްލާމީ އުއްމަތުގެ ނަން ހުތުރުވާ ގޮތަށް އިސްލާމްދީން އުނގަންނައިދިނުމާއި މުސްލިމުންނަކީ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭ ޖަމާޢަތެއްގެ ގޮތުގައި ސިފަކުރަމުންގެންދާ މައްސަލަ ފަދަ އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ މުހިންމު ކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ޚިޔާލު ގެންގުޅޭ މީހުން މަދުކުރުމަށާއި ޓެރެރިޒަމްގެ އަމަލުތަކަށް ފުރުޞަތު ހަނިކުރުމަށް ދިވެހިރާއްޖެއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނެއް ތަޢާރަފުކުރުން އެއީ މިރޮނގުން ޙާސިލު ކުރެއްވުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމަކީ އިންސާނިއްޔަތުކަމާއި، އިސްލާމްދީނުގެ ޙިދާޔަތް ފަތުރައި، ދުނިޔޭގެ މަޝްރަހުގައި ދިމާވާ ޓެރެރިޒަމްގެ މައްސަލަތަކަށް ދީނީ ނަޒަރަކުން އިސްލާހުތައް ގެންނެވުމަށް މަސައްކަތްކުރާ ޖަމާޢަތެކެވެ.

އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ ފަރާތުން އަރުވާ މިއެވޯޑު މީގެކުރިން އަރުވާފައިވަނީ ސަޢުދީގެ ކުރީގެ ރަސްގެފާނު އަލްމަރުޙޫމް ޢަބްދުﷲ ބިން ޢަބްދުލްޢަަޒީޒަށާއި މޮރިޓޭނިއަރ ގެ ރައީސް މުޙައްމަދު ވިލްދު ޢަބްދުލްޢަޒީޒަށެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500