ރައީސުލްޖުމްހޫރިއްޔާގެ ނައިބު، "ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް އެންޑް ދަ ވޯރލްޑް ގަވަރމެންޓް ސަމިޓް" ގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ޔުނައިޓެޑް އަރަބި އެމިރޭޓްސް ގެ ސަރުކާރުގެ ދަޢުވަތަކަށް "ގްލޯބަލް ޑައިލޮގް ފޮރ ހެޕިނެސް އެންޑް ދަ ވޯރލްޑް ގަވަރމެންޓް ސަމިޓް"ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

މި ސަމިޓް ބާއްވާފައިވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް، ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައެވެ.

ދަ ވޯރލްޑް ގަވަމެންޓް ސަމިޓް 2018 އަކީ ދުނިޔޭގެ ސަރުކާރުތަކުގެ ކުރިމަގު ބައްޓަން ކުރުމަށް ޚާއްޞަކޮށްގެން ބޭއްވެވި ބައިނަލްއަޤުވާމީ ފޯރަމެކެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500