ރައީސުލްޖުމްހޫރިއްޔާގެ ނައިބު، " ދުބާއީ 10 އެކްސް 2.0" އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު "ވޯލްޑް ގަވަމަންޓް ސަމިޓް" ގައި ބައިވެރިވެ ވަޑައިގެން "ދުބާއީ 10 އެކްސް 2.0" މަޝްރޫޢު އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް ގެ ސަރުކާރުން ދަޢުވަތު ދެއްވައިގެންނެވެ.

މި ޕްރޮޖެކްޓަކީ ދުބާއީގެ ވަލީއަޙުދު ޝައިޚް ހަމްދާން ބިން ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ އިސްނެންގެވުމުގެ މަތީން އިފްތިތާޙް ކުރެވުނު މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަމާޒަކީ "އެކްސް ލެބް" ތައާރަފުކޮށް ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ ތަރައްޤީގެ ރޮނގުން 10 އަހަރު ކުރިޔަށް ޑުބާއީ ގެންދިޔުމެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ދުބާއީ ސަރުކާރުގެ މުއައްސަސާތައް ގުޅުވާލެވި، ސަރުކާރުގެ ހިންގުން މިހާރުގެ ގޮތްތަކަށް އަހުލުވެރިވުމަށް މަގުފަހިވެގެންދާނެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500