އެންމެފަހުގެ ޚަބަރުތައް


ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މަހާ ޖައްރާފް އިފްތިތާހުކޮށްދެއްވާ، ކުޅުދުއްފުށީ އެއާޕޯޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ވަނީ ފަށްޓަވައިދެއްވާފައެވެ.

ރޭ ކުޅުދުއްފުށީގައި ބޭއްވި ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރު އޮގަސްޓު މަސް ނިމުމުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓުގައި ފްލައިޓު ޖައްސާނެކަމުގައި ވިދާޅުވެފައެވެ.

މި ދަތުރުފުޅުގައި އިފްތިތާހުކޮށްދެއްވި އެމް.ޓީ.ސީ.ސީގެ ޓްރެއިލިންގް ސަކްޝަން ހޮޕަރ ޑްރެޖަރ، މަހާ ޖައްރާފަކީ އީޒީ ޑްރެޖް ސީރީސްގެ އެންމެ ބޮޑު ޑްރެޖަރެވެ. އަދި، މިއީ ދުނިޔޭގެ ފެންވަރުގެ ޑްރެޖިންގް އިކުއިޕްމަންޓް ހިމެނޭ ގޮތަށް ކަނޑުގެ 50 މީޓަރު އަޑިން ވެލިނެގޭ ގޮތަށް ފަރުމާކުރެވިފައިވާ ޑްރެޖަރެކެވެ.

މަހާޖައްރާފު ބޭނުންކޮށްގެން ބިން ހިއްކުމުގައި، ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް ބިން ހިއްކުމުގެ ޤާބިލުކަން މި އުޅަނދުގައި ވަނީ ގާއިމު ކުރެވިފައެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500