ރައީސުލްޖުމްހޫރިއްޔާ، ކުޅުދުއްފުށީ އެއާޕޯޓު ހިއްކުމުގެ މަސައްކަތާއި، މަހާ ޖައްރާފު އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށް ވަޑައިގެން އެރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީ އެއާޕޯޓު އަޅާ ބިން ހިއްކުމުގެ މަސައްކަތް ފަށްޓަވައިދެއްވާ، މަހާ ޖައްރާފް އިފްތިތާހު ކޮށްދެއްވައިފިއެވެ.

ކުޅުދުއްފުށީގައި މިއަދު އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަހާ ޖައްރާފު އިފްތިތާހުކޮށްދެއްވުމާއި ކުޅުދުއްފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓު އަޅާ ބިން ހިއްކުމުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން ވޯކީ ޓޯކީއެއް މެދުވެރިކޮށް މި މަސައްކަތް ފެށުމުގެ ހުއްދަ ދެއްވާފައެވެ. 

އެމް.ޓީ.ސީ.ސީގެ ޓްރެއިލިންގް ސަކްޝަން ހޮޕަރ ޑްރެޖަރ، މަހާ ޖައްރާފަކީ އީޒީ ޑްރެޖް ސީރީސްގެ އެންމެ ބޮޑު ޑްރެޖަރެވެ. އަދި، މިއީ ދުނިޔޭގެ ފެންވަރުގެ ޑްރެޖިންގް އިކުއިޕްމަންޓް ހިމެނޭ ގޮތަށް ކަނޑުގެ 50 މީޓަރު އަޑިން ވެލިނެގޭ ގޮތަށް ފަރުމާކުރެވިފައިވާ ޑްރެޖަރެކެވެ.

މަހާޖައްރާފު ބޭނުންކޮށްގެން ބިން ހިއްކުމުގައި، ތިމާވެއްޓަށް ގެއްލުން ނުވާ ފަދަ ގޮތަކަށް ބިން ހިއްކުމުގެ ޤާބިލުކަން މި އުޅަނދަށް ލިބިފައިވެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500