ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓެރީގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓެރީގެ މަޤާމަށް، ހެންވޭރު އަތިރީގެ، އަލްފާޟިލް އަމީން ޖާވީދު ފައިޞަލް ޢައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އަމީން ޖާވީދު ފައިޞަލް އެ މަޤާމަށް އައްޔަން ކުރެއްވީ މިހިނގާ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500