ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިސް ރަށްވެހިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ރާއްޖޭގެ އިސް ރަށްވެހިންނާ މިރޭ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރަސްފަންނު ސަރަޙައްދުގައެވެ.

މިރޭގެ ޙަފްލާއަށް ވަޑައިގެންނެވި ވަރަށް ގިނަ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ވަކިވަކިން ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

މިރޭގެ ރަސްމިއްޔާތަށް ވަޑައިގެންދެއްވި އިސްރަށްވެހިންނާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިސް ރަށްވެހިން ޤައުމަށް ކޮށްދެއްވާފައިވާ މަތިވެރި ޚިދުމަތްތަކުގެ އަގުވަޒަން ކުރައްވައި، އެ ފަރާތްތަކަށް އިޚްލާޞްތެރި ކަމާއެކީ ޝުކުރު އަދާ ކުރެއްވިއެވެ.





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500