ރައީސުލްޖުމްހޫރިއްޔާ، މެލޭޝިޔާގެ ޔަންގް ޑީ-ޕެރްތުއާން އަގޮންގްއަށް ތަޢުޒިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ކެޑާގެ ސުލްޠާން ތުއަންކޫ ޢަބްދުލްޙަލީމް އަވަހާރަވުމާ ގުޅިގެން، މެލޭޝިޔާގެ ޔަންގް ޑީ-ޕެރްތުއާން އަގޮންގް، ސުލްޠާން މުޙަންމަދު ފަސްވަނައަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކެޑާގެ ސުލްޠާން ތުއަންކޫ ޢަބްދުލްޙަލީމް އަވަހާރަވީ ކަމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، މެލޭޝިޔާގެ ފާގަތިކަމާއި ކުރިއެރުމަށްޓަކައި އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތައް ދެމިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ‏ދިވެހި ‏‏ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، މެލޭޝިޔާގެ ޔަންގް ޑީ-ޕެރްތުއާން އަގޮންގްއަށާއި، އެ ޤައުމުގެ ސަރުކާރަށާއި، އަޚުވަންތަ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500