ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ޖުލައި މަހުގެ 27 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ބާއްވަވާ ގޮތަށް ހަމަޖައްސަވައިފި

މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި ޖުލައި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް މިފަހަރުވެސް ގިނަ އަދަދެއްގެ ބޭފުޅުންނަށް ދަޢުވަތު އަރުވާގޮތަށްވަނީ ނިންމަވާފައެވެ.

ރަސްމީ ބައްދަލުކުރެއްވުމަށް ދަޢުވަތު އަރުވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަޢުވަތު ކާޑު ފޮނުއްވަން މިހާރުވަނީ ފަށްޓަވާފައެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500