އެންމެފަހުގެ ޚަބަރުތައް


މިދިޔަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމުމަށް މިރޭ ބޭއްވެވި ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވައިފި

2016 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ބޭއްވެވި ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވެވި މި ޖަލްސާގައި އެމަނިކުފާނު ވަނީ 2016 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން 1 ވަނަ ހޯދި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

މި ޖަލްސާގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި، އެންމެ ކުއްޖަކުވެސް ބާކީނުކޮށް، ކުރިމަގަށް ރިޢާއަތްކޮށް، ޒުވާނުންނަށް ފާގަތި މުސްތަޤްބަލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިރުޝާދުގެ ދަށުން ތަޢުލީމީ ދާއިރާއަށް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ގެނެވުނު ޢީޖާބީ ބަދަލުތަކުގެ ނަތީޖާ ނުހަނު ފޮނިކަމުގައި ފާހަގަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށާއި، ދުނިޔޭގެ އެންމެ ރަނގަޅު 10 ނަތީޖާގައި ހިމެނިފައިވާ ދަރިވަރުންނަށާއި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން ވަކި ވަކި މާއްދާތަކުން ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދެއްވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500