އައްޑޫސިޓީ ހިތަދޫއަށް ނަގޫރޯޅިއެއް އަރާ ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ޚާއްޞަ ވަފުދެއް ފޮނުއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

އައްޑޫސިޓީއަށް ރޭ ނަގޫރޯޅިއެއް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ގެއްލުންތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޚާއްޞަ ވަފްދެއް ފޮނުއްވުމަށް ނިންމަވައިފިއެވެ.

މި ވަފްދުގެ އިސްބޭފުޅަކަށް ވަޑައިގަންނަވާނީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފެވެ.

ނަގޫރޯޅި އެރުމާ ގުޅިގެން، އައްޑޫސިޓީއަށް ލިބިފައިވާ ގެއްލުންތައް ބައްލަވައި، މި ހާދިސާގައި އެހީތެރިކަން ބޭނުންވާނެ ކަންތައްތަކުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް މިބޭފުޅުން އަރުއްވަމުން ގެންދަވާނެއެވެ.
 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500