އައްޑޫ ސިޓީ ހިތަދޫއަށް ނަގޫރޯޅިއެއް އެރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީ ރައްޔިތުންގެ ހާލަތު އޮޅުންފިލުއްވައިފި

އައްޑޫ ސިޓީ ހިތަދޫއަށް ނަގޫރޯޅިއެއް އެރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ފަރާތްޕުޅުން އައްޑޫ ސިޓީ މޭޔަރާ ފޯނުން ގުޅުއްވައި މި ހާދިސާގެ މަޢުލޫމާތު ހޯއްދަވައި، އައްޑޫ ސިޓީ ރައްޔިތުންގެ ހާލަތު އޮޅުންފިލުއްވައިފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫއަށް ދިމާވި މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ޚަބަރު ރައީސުލްޖުމްހޫރިއްޔާ އެއްސެވީ ނުހަނު ހިތާމަޔާއި އެކުކަމަށާއި މި ހާދިސާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގައި ވިދާޅުވެފައިވެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500