ރައީސުލްޖުމްހޫރިއްޔާ، ކޮމާންޑަރ އޮފް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މަގާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކޮމާންޑަރ އޮފް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މަގާމަށް، ގަލޮޅު ދެކެނަންފަރުގެ، މޭޖަރ ރިޓަޔަރޑް އަޙްމަދު ފައިޞަލް 17 މޭ 2017 ގައި ޢައްޔަނު ކުރައްވައިފިއެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500