އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ސިޔާސީ ގޮތުން ޤައުމު ހަލަބޮލިކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން އަލުން މަޖިލީހަށް ހުށައެޅީ، ސިޔާސީ ގޮތުން ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް ފުރުސަތު ދިނުމަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވެއްޖެއެވެ. އަދި، އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ މަސައްކަތްތަކަށް ގަސްތުގައި ހުރަސްއެޅުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ވިދާޅުވިއެވެ.

ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ރާއްވަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް އެއްބާރުލުންދީ، މި މަޝްވަރާތަކުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން އިލްތިމާސް ކުރައްވައެވެ.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500