އެންމެފަހުގެ ޚަބަރުތައް


ރާއްޖޭގައި މިހާރު ފެތުރެމުންދާ ފްލޫގެ ރޯގާއާ ގުޅިގެން، ސަޢޫދީ ރަސްގެފާނު ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވައިފި

ދިވެހިރާއްޖޭގައި މިހާރު ފެތުރެމުންދާ ފްލޫގެ ރޯގާއާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު ދިވެހިރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވާފައިވާ ކަމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، މި ދަތުރުފުޅު ފަހުގެ ތާރީޚަކަށް ހަމަޖެހުމުން އެ ތާރީޚު އިޢުލާނު ކުރައްވާނެ ކަމުގައިވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއަކީ ވަރަށް ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް މިކަން މި ގޮތުގެ މަތިން ކުރިއަށްދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500