އެންމެފަހުގެ ޚަބަރުތައް


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު

އަލްފާޟިލް ޢަބްދުﷲ ޖިހާދުގެ އުފަން ތާރީޚަކީ 3 ޖަނަވަރީ 1963 އެވެ. އެމަނިކުފާނު މާސްޓަރ އޮފް މެނޭޖްމަންޓް ސްޓަޑީޒް އިން އިކޮނޮމިކްސް  ފުރިހަމަ ކުރައްވާފައިވަނީ ނިއު ޒިލަންޑްގެ ޔުނިވަރސިޓީ އޮފް ވައިކަޓޯއިންނެވެ. އެމަނިކުފާނު ބެޗަލަރ އޮފް އާޓްސް (އިކޮނޮމިކްސް/މެނޭޖްމަންޓް) ފުރިހަމަ ކުރައްވާފައިވަނީ ފިޖީގެ ޔުނިވަރސިޓީ އޮފް ސައުތު ޕެސިފިކްއިންނެވެ.

 

އަލްފާޟިލް ޢަބްދުﷲ ޖިހާދު އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީފާ އަދާކުރަން ފަށްޓަވާފައިވަނީ 1980 ވަނަ އަހަރު އޮޑިޓް އޮފީސްގެ ޓެމްޕޮރަރީ އޮޑިޓް ސްޓާފްއެއްގެ ގޮތުގައެވެ. އެއަށްފަހު އެމަނިކުފާނުވަނީ ސަރުކާރުގެ ތަފާތު މަޤާމްތައް ފުރުއްވާފައެވެ. 22 ޖޫން 2016 ވަނަ ދުވަހު އެމަނިކުފާނުވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވަނީ ޢައްޔަނުކުރައްވާފައެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އެމަނިކުފާނު ޢައްޔަނުކުރެވުމުގެ ކުރިން އަލްފާޟިލް ޢަބްދުﷲ ޖިހާދުވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުންވެސް އެމަނިކުފާނުވަނީ ރައީސް ޑޮކްޓަރ މުޙައްމަދު ވަހީދު ހަޞަން މަނިކުގެ ޒަޢާމަތުގައާ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައިވެސް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމު ފުރުއްވާފައެވެ. އަލްފާޟިލް ޢަބްދުﷲ ޖިހާދު ފުރުއްވާފައިވާ ފާހަގަކޮށްލެވޭ އެހެނިހެން މަޤާމްތަކުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރުކަމާ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަން ހިމެނެއެވެ.

 

އަލްފާޟިލް ޢަބްދުﷲ ޖިހާދުވަނީ ސަރުކާރުގެ ތަފާތު މަސްޢޫލިއްޔަތުތައް އަދާ ކުރުމަށްޓަކައި ވަރަށް ގިނަ ޤައުމުތަކަށް ޒިޔާރަތްކުރައްވާ ތަފާތު ގިނަ ކޮންފަރެންސްތަކާއި ސެމިނަރތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

 

އަލްފާޟިލް ޢަބްދުﷲ ޖިހާދު ކައިވެނިބައްލަވައިގަތީ އަލްފާޟިލާ އާސިމާ ހުޞެއިންއާއެވެ. މިދެކަނބަލުންނަށް 3 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.

 

ވަނަވަރު

އުފަން ތާރީޚް
3 ޖަނަވަރީ 1963

ޢާއިލާ
އަނބިކަނބަލުންނާއި 3 ބޭފުޅުން

ދާއިމީ އެޑްރެސް
މ.ވެސްޓް ވިއު
ފުލޫނިއާ މަގު، މާލެ
ދިވެހިރާއްޖެ

ވަޒީފާ އަދާ ކުރާތަނުގެ އެޑްރެސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ
ދިވެހިރާއްޖެ

މިވަގުތު އަދާ ކުރައްވާ ވަޒީފާ
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމް
22 ޖޫން 2016 – މިއަދާ ހަމައަށް

ތަޢުލީމީ ފެންވަރު
ބެޗަލަރ އޮފް އާޓްސް (އިކޮނޮމިކްސް/މެނޭޖްމަންޓް)
ޔުނިވަރސިޓީ އޮފް ސައުތު ޕެސިފިކް، ސުވާ، ފިޖީ
ޖުލައި 1986 – ޑިސެންބަރު 1986

މާސްޓަރ އޮފް މެނޭޖްމަންޓް ސްޓަޑީޒް (އިކޮނިމިކްސް)
ޔުނިވަރސިޓީ އޮފް ވައިކަޓޯ، ހެމިލްޓަން، ނިއު ޒިލަންޑް
ފެބުރުވަރީ 1985 – ޑިސެންބަރު 1996

އަދާ ކުރައްވާފައިވާ ވަޒީފާތައް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
22 ޖޫން 2016 – މިއަދާ ހަމައަށް

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
17 ނޮވެންބަރު 2013 – 22 ޖޫން 2016

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
5 މާރިޗު 2013 – 17 ނޮވެމްބަރު 2013

މެންބަރު
ސިވިލް ސަރވިސް ކޮމިޝަން
17 އޮގަސްޓް 2010 – 4 މާރިޗު 2013

ގަވަރނަރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
8 އޮގަސްޓް 2007 – 14 ޖުލައި 2008

މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފިނޭންސް އެންޑް ޓްރެޜަރީ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
18 އޮގަސްޓް 2005 – 7 އޮގަސްޓް 2007

ވައިސް ގަވަރނަރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
18 އޮގަސްޓް 2005 – 7 އޮގަސްޓް 2007

އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް އެންޑް ހެޑް އޮފް ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު
ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު
23 އޮކްޓޫބަރު 2004 – 18 އޮގަސްޓް 2005

ޑިރެކްޓަރ
ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު
އ އޮގަސްޓް 2000 – 23 އޮކްޓޫބަރު 2004

ޑެޕިއުޓީ ޑިރެކްޓަރ
ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު
1 ޑިސެންބަރު 1996 – 31 ޖުލައި 2000

ޑެޕިއުޓީ ޑިރެކްޓަރ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
3 ސެޕްޓެންބަރު 1994 – 18 ޖަނަވަރީ 1995

އެސިސްޓަންޓް ޑިރެކްޓަރ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
16 ނޮވެންބަރު 1991 – 2 ސެޕްޓެންބަރު 1994

ބަޖެޓް އެނަލިސްޓް
މިނިސްޓްރީ އޮފް ފިނޭންސް
17 ޖަނަވަރީ 1990 – 15 ނޮވެންބަރު 1991

ގަވަރމަންޓް ބަޖެޓް ސެކްރެޓަރީ
ޑިޕާޓްމަންޓް އޮފް ފިނޭންސް
24 ޖުލައި 1985 – 22 ޖުލައި 1986

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ
މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވަލޮޕްމަންޓް
24 މާރިޗު 1985 – 23 ޖުލައި 1985

ސެކްރެޓަރީ
މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވަލޮޕްމަންޓް
5 އޮގަސްޓް 1984 – 23 މާރިޗު 1985

ސެކްރެޓަރީ
ސައިންސް އެޑިއުކޭޝަން ސެންޓަރ
މާރިޗު 1982 – ޖުލައި 1982

ޓެމްޕޮރަރީ އޮޑިޓް ސްޓާފް
އޮޑިޓް އޮފީސް
7 ޖަނަވަރީ 1980 – 21 ޖަނަވަރީ 1980

މެންބަރުކަން ކުރައްވާފައިވާ މުއައްޞަސާތަކާއި ފުރުއްވާފައިވާ އެހެނިހެން މަޤާމްތައް

ނޮމިނީ ޑިރެކްޓަރ
ބޭންކް އޮފް މޯލްޑިވްސް ލިމިޓަޑް
1993

ނޮމިނީ ޑިރެކްޓަރ
މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީ
1992

ނޮމިނީ ޑިރެކްޓަރ
މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ
1992

ނޮމިނީ ޑިރެކްޓަރ
އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް މޯލްޑިވްސް ލިމިޓަޑް
1992

ނޮމިނީ ޑިރެކްޓަރ
މޯލްޑިވްސް ގަވަރމަންޓް ޕްރިންޓް
1992

މެންބަރު
ގަވަރމަންޓް ބަޖެޓް ކޮމިޓީ
1991-1995، 1997-2005

މެންބަރު
ޓެންޑަރ އިވެލުއޭޝަން ބޯޑު
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސް
1992

މެންބަރު
އިމްޕޯޓް ވެލުއޭޝަން ކޮމިޓީ، ކަސްޓަމްސް
1991-1993

މެންބަރު
ނޭޝަނަލް އެކައުންޓްސް ކޮމިޓީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ހިއުމަން ރިސޯސަސް އެންޑް އެންވައިރަމަންޓް

ސުޕަވައިޒަރ
އަޙްމަދިއްޔާ ސްކޫލް

މެންބަރު

އެކައުންޓިންގ ސްޓޭންޑަޑްސް ކޮމިޓީ
އޮޑިޓް އޮފީސް

ޓީޗިންގ އެސިސްޓަންޓް
ޔުނިވަރސިޓީ އޮފް ވައިކަޓޯ، ނިއު ޒިލަންޑް

ޓިއުޓަރ (އޭ ލެވެލް އިކޮނޮމިކްސް)
މާލެ އިންގްލިޝް ސްކޫލް

މެންބަރު
ކޮމިޓީ އޮން ލީސިންގ އައިލަންޑް އޮން ލޯންގް ޓާމް އެގްރިކަލްޗަރަލް ޕްރޮޓެކްޝަން

މެންބަރު
ކޮމިޓީ އޮން ލީސިންގ އައިލަންޑްސް ފޯ ޓުއަރިޒަމް ރިލޭޓަޑް ސަރވިސަސް

ޓިއުޓަރ (ޖީސީއީ އޯ ލެވަލް ސަބްޖެކްޓްސް އެންޑް މިޑްލް ސްކޫލް ސަބްޖެކްޓްސް)
ކިނާރާ ޓިއުޝަން ކްލާސް، މާލެ
1982-1986، 1990-1993

ފައުންޑަރ މެންބަރު
ޔުނިވަރސިޓީ އޮފް ވައިކަޓޯ މުސްލިމް ސްޓޫޑަންޓްސް އެސޯސިއޭޝަން، ނިއު ޒިލަންޑް

މެންބަރު
ބިލްޑިންގ ޑޮކިއުމަންޓްސް ޕްރެސެންޓޭޝަން ކޮމިޓީ އޮފް 13 އައިލަންޑްސް ފޯ ޓުއަރިސްޓް ރިޒޯޓް ޑިވަލޮޕްމަންޓް

މެންބަރު
ބިޑް އިވެލުއޭޝަން ކޮމިޓީ ފޯ ރިޒޯޓް ޑިވަލޮޕްމަންޓް ބިޑް

މެންބަރު
ވެލުއޭޝަން ކޮމިޓީ އޮފް އެޑިއުކޭޝަން ފައުންޑް ޝޮޕްސް

މެންބަރު
ބިޑިންގ ޑޮކިއުމަންޓް ޕްރިޕެރޭޝަން ކޮމިޓީ އޮފް ހުޅުމާލެ ރިކްލެމޭޝަން އެންޑް ރެސިޑެންޝަލް ޑިވަލޮޕްމަންޓް

މެންބަރު
ވެލުއޭޝަމް ކޮމިޓީ ފޯ ފިޝަރީޒް ސެކްޓަރ ލިބެރަލައިޒޭޝަން ސްޓަޑީ

މެންބަރު
ކޮމިޓީ ފޯ ޕްރިޕެއަރިންގ ބިޑިންގ ޑޮކިއުމަންޓްސް އޮފް އައްޑޫ އެޓޯލް ވިލިނގިލި އޭޒް އަ ޓުއަރިސްޓް ރިޒޯޓް

މެންބަރު
ހަދުފުށި އައިލަންޑް ބިޑް އިވެލުއޭޝަން ކޮމިޓީ

މެންބަރު
ބިޑިންގ ޑޮކިއުމަންޓް ޕްރިޕެރޭޝަން ކޮމިޓީ ފޯ ފައިވް ސްޓާރ ހޮޓެލް އިން ދަ ނޯތު އީސްޓް އޭރިއާ އިން މާލެ

މެންބަރު
މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު

ޕާޓް ޓައިމް ލެކްޗަރަރ
ސްކޫލް އޮފް މެނޭޖިންގ އެންޑް ކޮމްޕިއުޓިންގ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން

މެންބަރު
ޕްރެޒިޑެންޝަލް ކޮމިޓީ އޮން ފިޝް ޕްރައިސިންގ

މެންބަރު
ސެކަންޑް ޓުއަރިޒަމް މާސްޓާރ ޕްލޭން ކޯޑިނޭޓިންގ ކޮމިޓީ

ޗެއަރމަން
ޓެންޑަރ އިވެލުއޭޝަން ބޯޑު، މިނިސްޓްރީ އޮފް ފިނޭންސް

ޒިޔާރަތްކުރައްވާފައިވާ ޤައުމުތައް
ސަރުކާރުގެ ތަފާތު ޒިންމާތައް އަދާ ކުރުމަށްޓަކައި ވަރަށް ގިނަ ޤައުމުތަކަށް ވަނީ ޒިޔާރަތްކުރައްވާފަ

 


ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500